logoEN
cocacola
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މަސައްކަތްތައް ހަރުދަނާކޮށް، އެކަމާ ގުޅޭ ރިޕޯޓިންގ ހަރުދަނާކުރުމަށް އެއްބަސްވުމެއް!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މަސައްކަތްތައް ހަރުދަނާކޮށް، އެކަމާ ގުޅޭ ރިޕޯޓިންގ ހަރުދަނާކުރުމަށް އެއްބަސްވުމެއް!

އަހުމަދު ޝުރާއު

logo

9/16/2024, 5:04:56 PM

# މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ

--

ދިވެހިރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މަސައްކަތްތައް ހަރުދަނާކޮށް، އެކަމާ ގުޅޭ ރިޕޯޓިންގ ހަރުދަނާކުރުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ގޮސިޔާ

މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާއިން މިކަމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރީ އަޕް ކްލޯޒް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއި އީތަރ ލިމިޓެޑާ އެކުގައި އެވެ.

މި އެއްބަސްވުމުގެ ދަށުން، ދިވެހިރާއްޖޭގެ ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން (އެންޑީސީ) ތަންފީޒުކުރާ މިންވަރު ދެނެގަތުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މާލީ ކަންކަން ރިޕޯޓުކުރުމުގައި ކޮންސަލްޓަންސީ ޚިދުމަތް ފޯރުކޮށްދޭނެ ކަމަށް ވުޒާރާއިން ބުނެއެވެ.

މިއީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް) އިން ފަންޑުކޮށް، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުއެންއީޕީ) ގެ އެހީތެރިކަމާއެކު ކުރިޔަށްގެންދާ ކެޕޭސިޓީ ބިލްޑިންގ އިނީޝިއޭޓިވް ފޮރ ޓްރާންސްޕޭރަންސީ (ސީބީއައިޓީ) މޯލްޑިވްސް ޕްރޮޖެކްޓުގެ ބައެކެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އަޅާ ފިޔަވަޅުތަކުގެ ހާމަކަން އިތުރުކޮށް، އެކަންކަން ބެލެހެއްޓުން ހަރުދަނާކުރުން ކަމަށާއި މި މަސައްކަތުގެ ސަބަބުން ދިވެހިރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ރިޕޯޓުކުރާ މިންވަރު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް ވުޒާރާއިން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ