logoEN
cocacola
އެވޯޑް ޝޯގައި މަންމަ އައިޝްވާރިޔާ ރާއީގެ ފޮޓޯގްރާފަރަކަށް އާރާދިޔާ ބައްޗަން

އެވޯޑް ޝޯގައި މަންމަ އައިޝްވާރިޔާ ރާއީގެ ފޮޓޯގްރާފަރަކަށް އާރާދިޔާ ބައްޗަން

ސާރާ އަހުމަދު

logo

9/16/2024, 4:05:47 PM

# ބޮލީވުޑް

--

އާރާދިޔާ ބައްޗަން އަކީ އޭނާގެ މަންމަ އައިޝްވާރިޔާ ރާއީ ބައްޗަންގެ އެންމެ ބޮޑު ޗީއާލީޑަރެވެ.

ގޮސިޔާ

މިއީ ދާދި ފަހުން އެދެމީހުން އެކުގައި އެބައިވެރިވި އެވޯޑް ހަފްލާއަކުން ވެސް ވަރަސް ބޮޑަށް ފާހަގަވި ކަމެކެވެ. އުމުރުން 12 އަހަރުގެ އާރާދިޔާ އޭނާގެ މަންމަގެ ސްޓޭޖުގައި އެވޯޑަކާ ހަވާލުވާން ހުއްޓަ ފޮޓޯ ނަގަނިކޮށް ފެނުނު ލޯބި މަންޒަރުން އެންމެންގެ ހިތްތައް އަތުލި އެވެ.

އައިޝްވާރިޔާއަށް އެވޯޑް ލިބުމާއެކު އެވަގުތުކޮޅު ރިކޯޑުކުރުމަށް ފޯނު ހިފަހައްޓައިގެން ފަޚުރުވެރިކަމާއެކު އާރާދިޔާ އޯޑިއަންސްގައި އިށީނދެލައިގެން އިންނަތަން ފެނެނެވެ.

މަންމަ އާއި އަންހެން ދަރިފުޅުގެ ހިތްގައިމު މި ވަގުތުކޮޅު ސޯޝަލް މީޑިއާގައި މިހާރު ވަނީ ވައިރަލްވެފަ އެވެ.

އައިޝްވާރިޔާ ފެނިލުމެއް ފެނިގެން ދިޔަ މި ދަނޑިވަޅަކީ އޭނާ އާއި ފިރިމީހާ އަބީޝެކް ބައްޗަންގެ ކައިވެންޏާ ބެހޭ ގޮތުން ގިނަ އަޑުތަކެއް ފެތުރިފައިވާ ދުވަސްކޮޅެއްގައިއެވެ.

ފިރިމީހާގެ ބަދަލުގައި އަންހެން ދަރިފުޅާއެކު އާންމު ހަފްލާތަކުން މިފަހުން އައިޝްވާރިޔާ ފެނުން ވަނީ އާންމުންގެ ސަމާލުކަމަށް ވަރަށް ބޮޑަށް އައިސްފައެވެ.

ވަރިވާން އުޅޭ ކަމަށް ބުނާ ވާހަކަތައް އެ ދެމަފިރިން ދޮގުކުރި ނަމަވެސް، އެތައް މަހެއް ވަންދެން އެ ދެމަފިރިން އެކުގައި ފެނިފައެއް ނުވެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ