logoEN
cocacola
ކިންގ: ޝާހުގެ ކުރިއަށް އޮތް ފިލްމް

ކިންގ: ޝާހުގެ ކުރިއަށް އޮތް ފިލްމް

ސާރާ އަހުމަދު

logo

9/16/2024, 12:50:03 PM

# ބޮލީވުޑް

--

ކިންގް: މި ފިލްމަކީ އެކްޝަންގެ އާ ރަހައެއް ބެލުންތެރިންނަށް ތައާރަފުކޮށްދޭނެ އެކްޝަން ތުރިލާއެކެވެ. މި ފިލްމަކީ ބޮލީވުޑްގެ ކިންގ ޝާހްރުކް ގެ ކުރިޔަށް އޮތް ޕްރޮޖެކްޓެވެ.

ގޮސިޔާ

ޝާހްރުކް ޚާން އާއި ސިދާތު އާނަންދު ޕްރޮޑިއުސްކުރާ "ކިންގް" އަކީ އެ ދެ ތަރިންގެ ޕްރޮޑަކްޝަން ހައުސްތައް ކަމަށްވާ ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި މާފްލިކްސްގެ ދަށުން ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ކިންގްގެ ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތް މިހާރު ވަނީ ފަށާފައިއެވެ. އެގޮތުން ފިލްމުގެ ޝޫޓިންގ މިއަހަރުގެ އޮގަސްޓު މަހު ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއަހަރު ޝޫޓިންގ ނިންމާލާފައި ފިލްމުގެ ޓްރެއިލާވެސް މިއަހަރު ދައްކާލާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިންގްގައި ޝާހްރުކް ޚާން ފެނިގެންދަނީ އަންޑަވޯލްޑް ޑޮން ނުވަތަ ގޭންގްސްޓަރ އެއްގެ ރޯލުންނެވެ. މި ފިލްމަކީ ޝާހްރުކް ޚާން އާއި އޭނާގެ އަންހެން ދަރިފުޅު ސުހާނާ ޚާން ފުރަތަމަ ފަހަރަށް އެކުގައި ފެނިގެންދާ ފިލްމެވެ.

ޝާހްރުކް އާއި އޭނާގެ ދަރި ސުހާނާ އިތުރުން މި ފިލްމުން އަބީޝެކް ބައްޗަން އާއި އަބޭ ވަރްމާވެސް ފެނިގެންދާނެ އެވެ.

ބެލެވޭ ގޮތުގައި މި ފިލްމު ރިލީޒް ކުރާނީ 2026 ވަނަ އަހަރުގެ އީދުގައިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ