logoEN
ޕީއެންސީ 2
އަވަހަށް މީހަކާއި އިނުމަކީ ރަނގަޅު ގޮތްތަ؟

އަވަހަށް މީހަކާއި އިނުމަކީ ރަނގަޅު ގޮތްތަ؟

އަޙްމަދު ޖަމީލު

logo

11/17/2020, 4:05:06 PM

# ކައިވެނި

large_marr

ބައެއްމީހުންގެ ނަޒަރުގައި ލޯތްބަކީ ހަމައެކަނި އެދުމެކެވެ. އަނެއްބައިމީހުން ދެކޭގޮތުގައި ލޯތްބަކީ ފަށައިގަންނަން އުދަގޫ ނިންމަން ފަސޭހަ ހަނދާންނައްތާ ނުލެވޭނެ ހަނގުރާމައެކެވެ. ތަފާތުމީހުންދެކޭގޮތް މިކަމުގައި ވަރަށް ތަފާތެވެ.

ޝަރީ 2024

އެހެންނަމަވެސް އެންމެން އެއްބަސްވާ އެއްކަމެއް އެބައޮތެވެ. އެކަމަކީ ލޯތްބަކީ އިންސާނާގެ ކިބައިގައި ﷲ ލައްވައިފައިވާ ފިޠުރީ ޞިފައެއްކަމެވެ. އެއީ ކޮންމެ އިންސާނެއްގެ ކިބައިގައިމެ ހުންނާނެ ޣަރީޒާއެއްކަމެވެ. ޝަހުވަތްތެރިކަން އިންސާނާގެ ކިބައިގައި ލެއްވިބީދައިން އަނެއްޖިންސުގެ މީހަކަށް ޝައުޤުވެރިވުމަކީ އިންސާނީ ޠަބީޢަތުގެ ބައެކެވެ.

އެގޮތުން އަންހެންކުއްޖާއާއި ފިރިހެންކުއްޖާ އެކަކު އަނެކަކު ކަމުދިޔުމުން ފަސްކުރުމެއްނެތި ކާވެނިކުރުމަކީ އެންމެ ރަނގަޅު އެއްގޮތްކަމެވެ. އެހެންކަމުން ލޯބީގެ އަޞްލުގުޅުމުން ދެމީހުން ގުޅުމޭވެސް މިއަށް ކިޔައެވެ. ކާވެނީގެ ގޮތުން ގުޅޭ ދެމަފިރިންގެ މިސާލަކީ ދެލިބާހުގެ މިސާލެވެ. ފިރިމީހާއަކީ އަނބިމީހާގެ އަންނައުނެވެ. އަދި އަނބިމީހާއަކީ ފިރިމީހާގެ އަންނައުނެވެ. މިއީ އިސްލާމްދީނުގައި ކާވެނި މާނަކޮށްފައިވާ ގޮތެވެ. މާނައަކީ އެދެމީހުންގެ މެދުގައި އޮންނަ ގާތްކަން އެހާވެސް ބޮޑެވެ. އެކަކުއަނެކަކަށް އެހީތެރިވުމުގައި އަބަދުވެސް ދެމިތިބެންޖެހެއެވެ.

ހަމައެހެންމެ ކާވެނީގެ ގުޅުން ގުޅިގެންދާހިސާބުން ދެމީހުންގެ މަސްއޫލިއްޔަތުތަކާއި ޙައްޤުތަކެއްވެސް ވެއެވެ އެގޮތުން އަނބިމީހާ ފިރިމީހާއަށް އަދާކުރަން ޖެހޭ ޙައްޤުތަކާއި ފިރިމީހާ އަނބިމީހާއަށް އަދާކުރަންޖެހޭ ޙައްޤުތަކެވެ. އަޅާލުމާއި ލޯބިދިނުމެވެ. އަނބިމީހާ އުޅޭނެތަނަކާއި އުޅޭނެ ފަދައެއް ތަނަވަސްކުރުމެވެ. މިހިރީ ކާވެނީގައި ލޯތްބާއި އަޅާލުން ހަރުލެއްވުމަށް ކޮންމެހެންވެސް މުހިންމު ކަންތައްތަކެވެ.

ހަމައެފަދައިން މައްސަލަތައް ޖެހޭ ހިނދު އެކަންކަން ޙައްލުކުރާނެ ގޮތްތަކެއްވެސް ވެއެވެ. ފިރިމީހާގެ ޢާއިލާއިން ނުވަތަ އަނބިމީހާގެ ޢާއިލާއިން އިތުބާރު ކުރެވޭ ފަރާތެއްގެ އެހީހޯދައިގެން މަޝްވަރާކުރުމަކީވެސް ހައްލުހޯދުމަށް ކުރެވިދާނެ ކަމެކެވެ. ހަމައެފަދައިން ދެމީހުންގެ މެދުގައި ވާހަކަދައްކައިގެންވެސް މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރެވިދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ