logoEN
ކޮކާކޯލާ
ކައިވެނި ދެމެހެއްޓުމުގައި މި ކަންތައްތަކާއި ވިސްނާލުން މުހިންމު

ކައިވެނި ދެމެހެއްޓުމުގައި މި ކަންތައްތަކާއި ވިސްނާލުން މުހިންމު

އަޙްމަދު ޖަމީލު

logo

11/17/2020, 3:32:48 PM

# ކައިވެނި

istockphoto-984101686-612x612

ކޮންމެ މީހަކުވެސް ކައިވެނި ކުރާނީ އަނެއް ދުވަހު ވަރިކުރުމުގެ ނިޔަތަކު ނޫނެވެ. ދެމީހުން ގުޅިގެން އެކުގައި އުފާވެރި ޙަޔާތެއް ވޭތިކުރުމުގެ ބޭނުމުގައެވެ. ދަރިން ލިބުމުން ހެޔޮގޮތުގައި ބަލައި ބޮޑުކުރުމުގެ ނިޔަތުގައެވެ. އަދި ދެމަފރިން އެކުގައި ކިތަންމެ ދަތިޙާލުގައި ދިރިއުޅެން ޖެހުނު ނަމަވެސް ދިރިއުޅުމުގެ ނިޔަތާއި ވައުދާއިއެކުގައެވެ. އެހެން ނަމަވެސް ހާލަތު ބަދަލުވެގެންދާ ފަހަރު މަދެއް ނޫނެވެ. ދެމަފިރިން ދޭތެރެ މައްސަލަޖެހި ވަކިވާން ޖެހޭ ހިސާބަށް ވަރަށް ފަސޭހަ ކަމާއިއެކު ދެއެވެ. ނަމަވެސް ކައިވެނި ދަމަހައްޓަން ކުރަންޖެހޭ ކަންތައްތަކާއި ވިސްނަންޖެހޭ ވިސްނުންތައް އޮންނަނީ ދެމީހުންނަށް ވެސް ގިނަފަހަރަށް ނުކުރެވިފައެވެ. ތިރީގައި މި ބަލާލަނީ އުފާވެރި ޒަވާޖީ ހަޔާތެއް ހޯދުމުގައި ވިސްނިދާނެ ކަންކަމެވެ.

އަބުޅޯ

ވާހަކަ ދައްކާ ކަންކަން ހައްލު ކުރަން މަސައްކަތް ކުރުން

ފިލްމުގައި ނުވަތަ ވާހަކަތަކުގައި ވާހެން ދިމާވާ މައްސަލަތައް ކޮންމެސް އިއްތިފާގަކުން ހައްލެއްނުވާނެއެވެ. ވާހަކަ ދައްކާށެވެ. ހައްލު ހޯދާށެވެ. ބައިވެރިޔާއަށް ތިމާގެ ހިތުގައި އޮންނަ އެއްޗެއް އެނގޭނީ ކިހިނެއް ހެއްޔެވެ؟ ވާހަކަ ނުދައްކަންޏާ ދިމާވެގެން އުޅޭ މައްސަލައަކަށް ހައްލެއް ނުހޯދޭނެއެވެ. މައްސަލައެއް ދިމާވެގެން އުޅޭނަމަ އަޑުއަހަންވެސް ދަސްކުރަން ޖެހޭނެއެވެ. ކަމުގެ ދެކޮޅު ބަލާށެވެ. ބައިވެރިޔާ ދޮގުވެސް ހަދާފާނެ ކަމަށް އެއްބަސްވަމެވެ. އެކަން ބޮޑަށް ދަންނާނީ ތިބޭފުޅާއެވެ. ނަމަވެސް ޒުވާބުކޮށް އަޑުގަދަ ކުރުމުގެ ބަދަލުގައި ދެ ފަރަތުންވެސް ހަމަޖެހިލައިގެން ދެމީހުންގެ ވާހަކަ އަޑު އަހާށެވެ.

ބައިވެރިޔާގެ ފަރާތުން ތިމާ ހިތްހަމަ ނުޖެހިދާނެ ފަދަ އާދަތައް ފެންނާނެ ކަމަށް ގަބޫލުކުރުން

އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫނެވެ. ކޮންމެ މީހެއްގެ ފަރާތުންވެސް ތިމާ ހިތްހަމަ ނުޖެހޭ ފަދަ ކަންކަން ފެންނާނެއެވެ. ވީމާ ބައިވެރިޔާގެ ފަރާތުންވެސް މި ކަންކަން ފެންނާނެކަން ގަބޫލުކުރަން ޖެހޭނެއެވެ. ބައިވެރިޔާގެ ފަރާތުން ހިތްހަމަ ނުޖެހޭ ކަމެއް ފެނުމުން އެކަން ރަނގަޅު ކުރަން ރީތި ކޮށް ބުނެވިދާނެވެ. ނަމަވެސް މި ކަންތައް ތަކުރާރު ވާނަމަ ކޮންމެ މީހަކުވެސް ހިތްހަމަ ނުޖެހޭނެއެވެ. މި ކަންތައް ހައްލު ކުރުމަކީ ދެމީހުންގެވެސް ޒިންމާއެކެވެ. ރަނގަޅު މޫޑޭއްގައި ހުންނަ ވަގުތު ބައިވެރިޔާއާ ވާހަކަ ދައްކާ މި ކަމަށް ހައްލެއް ހޯދާށެވެ. އޭރުން ފަހުން ރުޅިގަނޑު ފަޅައިންގޮސް މިކަންތައްތައް ބޮޑު ޒުވާބަކަށް ނުވެ ސަލާމަތްވާނެއެވެ.

ގުޅުން ހަރުދަނާ ކުރުމަށާއި ދެމެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭކަން ގަބޫލުކޮށް އެކަމަށް ވަގުތު ހޭދަކުރުން

ކައިވެނި ކުރުމުގެ ކުރިން އަބަދުވެސް ލޯބިވެރިޔާ ގެއްލިދާނެ ކަމުގެ ބިރު އޮވެއެވެ. އެހެން މީހަކު އައިސް ރައްޓެހިވެގެން އުޅޭ ކުއްޖާ "ޖަހައިގަނެގެން" ހިނގައިދާނެ ކަމުގެ ބިރު އޮވެއެވެ. ނަމަވެސް ކައިވެންޏަށްފަހު މި ބިރު ގިނަމީހުންގެ ހިތްތަކުން ފިލައިގެން ދެއެވެ. އެއީ ކީއްވެ ހެއްޔެވެ؟ މިލްކުވީ ކަމަށް ގަބޫލު ކުރެވުނީ ހެއްޔެވެ؟ ނަމަވެސް މިއީ ރަނގަޅު ވިސްނުމެއް ނޫނެވެ. ކައިވެންޏަށްފަހު އޮންނަ "ރިލޭޝަންޝިޕް" ކައިވެނީގެ ކުރިން އޮތް "ރިލޭޝަންޝިޕް" އާއި ހާސްބައި ތަފާތެވެ. ކައިވެނީގެ ގުޅުން ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް މާގިނައެވެ. ވިސްނަންޖެހޭ ވިސްނުންތައް މާ ގިނައެވެ. އެކީގައި ހޭދަކުރަންވީ ވަގުތުވެސް ގިނަވާންޖެހޭނެއެވެ. ކޮންމެ މަހަކު ނަމަވެސް "ޑޭޓް" އަކަށް މަދުވެގެން އެއްފަހަރު ނަމަވެސް ދެމަފިރިން ވަގުތު ހޭދަ ކޮއްލާށެވެ. އޭރުން ހަމަޔަގީނުންވެސް ގުޅުން އިތުރަށް ބަދަހިވެ ލޯބި އިތުރުވާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ