logoEN
cocacola
އަމިއްލަ ދަނޑުގައި ފޮރެސްޓް އަތުން ލިވަޕޫލް ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ފޮރެސްޓް އަތުން ލިވަޕޫލް ބަލިވެއްޖެ

ހަސަން ޝަމްއޫން

logo

9/15/2024, 12:15:50 AM

# އިގިރޭސި ޕްރިމިއާ ލީގް# ބޭރު ދުނިޔޭގެ ކުޅިވަރު# ނޮޓިންހަމް ފޮރެސްޓް # ލިވަޕޫލް

ލިވަޕޫލާއި ނޮޓިންގްހަމް ފޮރެސްޓް ވާދަކުރި މެޗުގެ ތެރެއިން...

އިގިރޭސި ޕްރެމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓާއި ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިވެއްޖެއެވެ.

ގޮސިޔާ

ލިވަޕޫލް އެންމެ ފަހުން ލީގުގައި ކުޅުނު މެޗުގައި މެންޗެސްޓާ ޔުނައިޓެޑް އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ފޮރެސްޓް އެންމެ ފަހުން ވުލްވްސް އާއި ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުން ލިވަޕޫލް މޮޅުވެފައިވާއިރު، ލިވަޕޫލްގެ ދަނޑުގައި ފޮރެސްޓް އެންމެ ފަހުން މެޗަކުން މޮޅުވެފައިވަނީ 1969 ވަނަ އަހަރުއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ލިވަޕޫލުން މެޗު ޑޮމިނޭޓްކުރި މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ލުއިސް ޑިއާޒް ފޮނުވާލި ހަމަލާ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، ޑިއޭގޯ ޖޯޓާ އަދި އެލެކްސިސް މާކް އެލިސްޓާއަށް ލިބުނު ހުސް ފުރުސަތުތަކުގެ ހުރަކަށްވީ މިމެޗުގައި މޮޅު ކުޅުމެއްދެއްކި ފޮރެސްޓްގެ ކީޕަރު މެޓްޒް ސެލްސް އެވެ.

ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ފޮރެސްޓުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން މެޗުގެ 68 ވަނަ މިނެޓުގައި އެޓީމުގެ އެންތަނީ އެލަންގާ މުޅިން ހުސްކޮށްހުރެ ފޮނުވާލި ބޯޅަ ހުރަސް ދަނޑިމަތިން ދިޔައިރު، އޭގެ ހަތަރު މިނެޓު ފަހުން އެޓީމަށް ލީޑު ހޯދައިދިނީ އިގިރޭސި ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި އެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ފޮރެސްޓް ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ކުޅުނު ހަތަރު މެޗުން ފޮރެސްޓަށް އަށް ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ފަސްވަނައިގައެވެ. އަދި މިމެޗުން ބަލިވި ލިވަޕޫލަށް ހަތަރު މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ