
-
އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ޕްރޮގްރާމެއްގައި ދިވެހި ސަރުކާރުން ބައިވެރިވާންޖެހޭ ހާލަތެއް ނެތް ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ސްރީލަންކާގެ ކޮލަމްބޯގައި ހުންނަވައި "ފްރާންސް24" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ, ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވަނީ ވަގުތީ ދަތިކަމެއް ކަމަށާއި, އަދި އައިއެމްއެފް ގެ ޕްރޮގްރާމެއްގައި ބައިވެރިވާން މަޝްވަރާކުރަން ޖެހޭ ހާލަތެއް މިހާރު އޮތް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
ރާއްޖެއަށް ދިމާވެފައިވާ ބަޖެޓުގެ ދަތިކަން ހައްލުކުރަން ޓޫރިޒަމްއާއި އެހެނިހެން ޓެކްސްތައް އިތުރުކޮށް ދައުލަތުގެ ކުންފުނިތަކުގެ ހިންގުން އިސްލާހުކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރ ޒަމީރު ވަނީ ފާޙަގަކުރައްވާފައެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވުމާ ގުޅިގެން ކްރެޑިޓް ރޭޓިން ކަނޑައަޅާ ފިޗް ރޭޓިންގ އާއި މޫޑިސް އިން ވަނީ ރާއްޖޭގެ ރޭޓިން ދަށްކޮށްފައެވެ. ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްކުރުމާއި ގުޅިގެން ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން އަޅާ އިސްލާހީ ފިޔަވަޅުތަކާ ރޭޓިންގ ރަނގަޅުވާނެ ކަމަށެވެ.
ގުޅުންހުރި

އައިއެމްއެފްގެ ޕްރޮގްރާމަކަށް ދާންޖެހޭ ހާލަތެއް ނެތް - ޒަމީރު

މިނިސްޓަރ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ޔޫއޭއީއަށް!

އިންސާނީ އުސޫލުތައް ދިފާއުކޮށް، އެހީދޭ މީހުންނާއި އެމީހުން ޚިދުމަތްކުރާ މުޖުތަމަޢުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޒަމީރު ގޮވާލައްވައިފި
