.webp&w=3840&q=75)
ދަނޑުވެރިންނަށް ލިބޭ ގެއްލުމަށް ބަދަލު ހޯދައިދިނުމަށް އެލައިޑުން ޚާއްސަ އިންޝުއަރެންސް ސްކީމެއް!
# އެލައިޑް އިންޝުއަރެންސް--
ގުދުރަތީ ކާރިސާތަކުގެ ސަބަބުން ދަނޑުވެރިންނަށް ލިބޭ ގެއްލުންތަކަށް ބަދަލު ހޯދައިދިނުމަށްޓަކައި އެލައިޑް އިންޝުއަރެންސްގެ ފަރާތުން "ކުރޮޕް ތަކަފުލް" ނަމުގައި އައު ސްކީމެއް ތަޢާރަފްކޮށްފިއެވެ.

މި ސްކީމާ ގުޅޭގޮތުން މަޝްވަރާކުރުމަށް މިއަދު ބޭއްވުނު ބައްދަލުވުމެއްގައި ދަނޑުވެރިކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ މިނިސްޓަރ ޑރ. ޢާއިޝަތު ރަމީލާ އާއި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި "ކުރޮޕް ތަކަފުލް" ސްކީމުގެ ތަފްޞީލުތަކާއި، ދަނޑުވެރިން މި ސްކީމަށް އަހުލުވެރިކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މިނިސްޓަރ ރަމީލާ ވިދާޅުވީ މި ސްކީމަކީ ދަނޑުވެރިންގެ ދިރިއުޅުމަށް ކުރިމަތިވާ ނުރައްކާތަކުން ރައްކާތެރިކަން ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައެވެ.
"ކުރޮޕް ތަކަފުލް" ސްކީމުގެ ދަށުން، ވިއްސާރަ، ފެންބޮޑުވުން، ވައިގަދަވުން ފަދަ ގުދުރަތީ ކާރިސާތަކުގެ ސަބަބުން ދަނޑުވެރިންގެ ބިންތަކަށާއި އޭގެ އުފެއްދުންތަކަށް ލިބޭ ގެއްލުންތަކަށް ބަދަލު ލިބިދެވޭނެއެވެ. މީގެ އިތުރުން، މި ސްކީމުގެ ސަބަބުން ދަނޑުވެރިކަމުގެ ދާއިރާއަށް އިތުރު އިންވެސްޓްމަންޓްތައް ގެނައުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
މިނިސްޓަރ ރަމީލާ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނޑުވެރިންނަށް މި ސްކީމާ ގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިޔއްގެންދާނކަމަށާ އަދި މި ސްކީމުގެ ފައިދާ ވީހާވެސް ގިނަ ދަނޑުވެރިންނަށް ލިބޭނެ ގޮތް ހަދައިދިނުމަށް މަސައްކަތްކޮއްދެއްވާނެ ކަމަށްވެސް މިނިސްޓަރ ރަމީލާ ވަނީ ވިދާޅުވެފައެވެ.
ގުޅުންހުރި

އެލައިޑުގެ އިފްތާރު ޕެކް ބެހުން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ކުރިޔަށްދަނީ!

އަޔާދީ ތަކާފުލްގެ ޙައްޖު އަދި ޢުމްރާ ތަކާފުލްއިން 50 ޕަސެންޓު ޑިސްކައުންޓު!

މެރިން އެކްސްޕޯގައި އެލައިޑުން ދައްކާލަނީ ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ "ރީކްލެއިމްޑް ވޭލް" އެއް!
