logoEN
cocacola
އުތުރުގެ 2 ސްކޫލެއްގައި ސްޓެމް ލެބް ޤާއިމުކުރުމަށް ބަޔަކާ ހަވާލުކޮށްފި

އުތުރުގެ 2 ސްކޫލެއްގައި ސްޓެމް ލެބް ޤާއިމުކުރުމަށް ބަޔަކާ ހަވާލުކޮށްފި

އަހުމަދު ޝުރާއު

logo

9/11/2024, 3:19:35 PM

# އެޑިއުކޭޝަން މިނިސްޓްރީ

--

ރާއްޖޭގެ އުތުރުގެ ދެ ސްކޫލެއްގައި ސައިންސް، އައިސީޓީ، ސްޓެމް އަދި ސްކިލް ލެބޯޓަރީ ޤާއިމުކުރުމަށް ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ގޮސިޔާ

މި އެއްބަސްވުމުގެ ދަށުން ސްޓެމް ލެބްތައް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށި އަފީފުއްދީން ސްކޫލާއި ށ. ފުނަދޫ ސްކޫލުގައެވެ. އެޑިއުކޭޝަން މިނިސްޓްރީން މި މަސައްކަތް ޙަވާލުކޮށްފައިވަނީ ސަނީލޭންޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ.

މިއަދު އޮތް ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން މިކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. ޢަބްދުލްލަޠީފް މުޙައްމަދެވެ. އަދި ސަނީލޭންޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ތާއިފް ރުޝްދީއެވެ.

މި މަސައްކަތަކީ މޯލްޑިވްސް އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. މި ޕްރޮޖެކްޓަކީ ވޯލްޑް ބެންކުގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ގާއިމުކުރެވިފައިވާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ ހުރިހާ އަތޮޅުތަކެއް ހިމެނޭގޮތަށް، 28 ސްކޫލެއްގައި މަސައްކަތްތެރިކަމުގެ ތަޢުލީމު ދަސްކޮށްދޭ ލެބްތައް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން މިހާތަނަށް ވަނީ 6 ލެބް ގާއިމުކުރެވިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ