
ކުޅުދުއްފުށީ ފަޅުތެރެއިން ނިޔާވެފައި އޮތްވާ ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހަދަނީ
# ދިވެހި ފުލުހުންގެ ޙިދުމަތް# ހދ. ކުޅުދުއްފުށި--
ކުޅުދުއްފުށީ ސިޓީގެ ފަޅުތެރެއިން މިއަދު ނިޔާވެފައިވާ އޮތްވާ ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ނިންމައިފި އެވެ.

ކުޅުދުއްފުށި އުތުރު ބަނދަރު ފަޅު ތެރޭގައި މީހަކު ނިޔާވެފައި އޮތް ކަމަށް މިއަދު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ހެނދުނު 8:17 ހާއިރު އެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އެގޮތުން ނިޔާވެފައި އޮތްވާ ފެނުނީ އެރަށު ޑެއިޒީފެހި, މުހައްމަދު ހަސަން ކަމަށާއި އޭނާގެ އުމުރަކީ 36 އަހަރުގެ ކަމަށް ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
މިރޭ ފުލުހުން ބުނީ ކުޅުދުއްފުށީ ފަޅު ތެރޭގައި މަރުވެފައި އޮތްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި މިރޭ މާލެ ގެންނަގޮތަކަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް ޕޯސްޓްމޯޓަމް ހަދަން ނިންމި ސަބަބެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ރާއްޖޭގެ ބައެއް ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ނިޔާވެފައި އޮތްވާ ފެނުނު މުހައްމަދު ހަސަން މިއަދު ހެނދުނު މޫދަށް ފޭބީ ފަޅުތެރޭގައި އޮތް ލޯންޗެއްގެ ފެހިކަހަންށެވެ.
ގުޅުންހުރި
.jpeg&w=3840&q=75)
ވިޔަފާރިވެރިން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހަރަކާތެއް އައްޑޫ ސިޓީ ބައެއް ރަށްރަށުގައި ކުރިއަށް ގެންގޮސްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހިންނަވަރުން މީހަކު ހައްޔަރުކޮށްފި

ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި




