logoEN
cocacola
ބަންޑާރަ ނައިބުގެ އޮފީހުގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ސުލްޠާނާ ޝާކިރު!

ބަންޑާރަ ނައިބުގެ އޮފީހުގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ސުލްޠާނާ ޝާކިރު!

އަހުމަދު ޝުރާއު

logo

9/9/2024, 4:49:40 PM

# އޭޖީ އޮފީސް

--

ބަންޑާރަނައިބުގެ އޮފީހުގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް އަލްފާޟިލާ ސުލްޠާނާ ޝާކިރު ސިވިލް ސަރވިސް ކޮމިޝަނުން މިއަދު ޢައްޔަންކުރައްވައިފިއެވެ.

ގޮސިޔާ

ސުލްޠާނާ ޝާކިރު ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމަށް ޢައްޔަނުކުރައްވާފައިވަނީ، ބަންޑާރަނައިބުގެ އޮފީހުގައި މިއަދު ބޭއްވުނު ރަސްމިއްޔާތެއްގައި ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިޙްއެވެ.

މި ރަސްމިއްޔާތުގައި، ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް އާއި، ބަންޑާރަނައިބުގެ އޮފީހުގެ އިސްވެރިންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.

ސުލްޠާނާ ޝާކިރު ވަނީ ނިއުޒިލޭންޑްގެ ޔުނިވަރސިޓީ އޮފް ވައިކަޓޯއިން ބެޗެލަރ އޮފް ސޯޝަލް ސައިންސަސް ފުރިހަމަކުރައްވައި، މެލޭޝިޔާގެ ޔުނިވަރސިޓީ އޮފް މަލާޔާ އިން މާސްޓަރ އޮފް ޕަބްލިކް ޕޮލިސީ ޙާސިލްކުރައްވާފައެވެ.

ސުލްޠާނާ ޝާކިރު ވަނީ ސަރުކާރުގެ އިދާރާތަކާއި، ޖުޑީޝަރީގައްޔާއި، އަމިއްލަ ޖަމްޢިއްޔާތަކުގައި ހިންގުމުގެ ދާއިރާގައި މަސައްކަތްކުރައްވާފައެވެ. އެގޮތުން، އަލްފާޟިލާ ސުލްޠާނާ ޝާކިރު ވަނީ 2012 އިން ފެށިގެން 2019 އަށް ބަންޑާރަނައިބުގެ އޮފީހުގެ ޕަރމަނަންޓް ސެކްރެޓަރީގެ މަޤާމު އަދާކުރައްވާފައެވެ. ސުލްޠާނާ އެންމެ ފަހުން ހުންނެވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރުކަމުގެ މަޤާމުގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ