logoEN
cocacola
މަތީ އަރުތަވެރީންގެ އިނާމު ދިނުން މި މަހު 12 ގައި!

މަތީ އަރުތަވެރީންގެ އިނާމު ދިނުން މި މަހު 12 ގައި!

އަހުމަދު ޝުރާއު

logo

9/9/2024, 3:06:11 PM

# ތައުލީމީ ވުޒާރާ

--

2023-2022 ވަނަ ދިރާސީ އަހަރު ބޭއްވި އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް "މަތީ އަރުތަވެރީންގެ އިނާމު" ދިނުމުގެ ޖަލްސާ މިހަފްތާ ފަހުކޮޅު ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

ގޮސިޔާ

ތައުލީމާ ބެހޭ ވުޒާރާއިން ބުނީ މަތީ އަރުތަވެރީންގެ އިނާމު ދިނުމުގެ ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ 12 ސެޕްޓެންބަރު 2024 ވާ ބުރާސްފަތި ދުވަހު ކަމަށެވެ. އެގޮތުން މި ޖަލްސާ ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 3 ދަންފަޅިއަށް ބަހާލައިގެން ކަމަށެވެ.

މި ޖަލްސާ ބޭއްވުމަށް ނިންމާފައިވަނީ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައެވެ. އަދި މި ޖަލްސާގެ 3 ދަންފަޅިވެސް ޝަރަފުވެރިކޮށްދެއްވާނީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މިދިޔަ އަހަރު މަތީ ޘާނަވީ ނިންމި އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، ޤައުމީ ގަދަ 10 ގައި 376 ދަރިވަރުން ވަނީ ހިމެނިފައެވެ. އަދި ޡާނަވީ ނިންމާ އިމްތިޙާނުތަކުން ދުނިޔޭގެ ފެންވަރުގައި މަތީ ވަނަ ހޯދި ދަރިވަރުންނާއެކު ޖުމްލަ 441 ދަރިވަރުން މި ޖަލްސާގައި އިނާމު ޙާޞިލުކުރާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ