logoEN
cocacola
ގައުމީ އެތްލެޓިކްސް މުބާރާތުގެ އެންމެ މޮޅު އެތްލީޓުންނަކީ ފަސޫހާ އަދި އިބާދުﷲ

ގައުމީ އެތްލެޓިކްސް މުބާރާތުގެ އެންމެ މޮޅު އެތްލީޓުންނަކީ ފަސޫހާ އަދި އިބާދުﷲ

ހަސަން ޝަމްއޫން

logo

9/7/2024, 5:25:12 PM

# ދިވެހި ކުޅިވަރު # ގައުމީ އެތްލެޓިކްސް މުބާރާތް 2024

އިބާދުﷲ އާދަމް (ކ) އަދި ފަސޫހާ އަހުމަދު ފޮޓޯ: ގާފު ސްޕޯޓްސް/ހުސެއިން އާހިލް

ވަނަ ގައުމީ އެތްލެޓިކްސް މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތްލީތުގެ މަގާމު ރައުހަތު ސްޕޯޓްސް ކުލަބުގެ އިބާދުﷲ އާދަމް ހޯދިއިރު އެންމެ މޮޅު އަންހެން އެތްލީޓުގެ މަގާމު ދިވެހި ސިފައިންގެ ކުލަބުގެ ފަސޫހާ އަހުމަދު ހޯދައިފިއެވެ.

ގޮސިޔާ

މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓްގެ މަގާމު އިބާދުﷲ އާދަމް ހޯދީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު 100 މީޓަރު ދުވުމުގައި ބަލިކުރުމަށްފަހު އެވެ. މީގެ އިތުރުން ރައުހަތު ސްޕޯޓްސް ކުލަބު ތަމްސީލުކުރި އިބާދުﷲ ވަނީ 200 މީޓަރު ދުވުމުން ވެސް ރަން މެޑަލް ހޯދާފައެވެ.

މުބާރާތުގައި އެންމެ މޮޅު އަންހެން އެތްލީޓްގެ މަގާމު ހޯދި ދިވެހި ސިފައިންގެ ކުލަބުގެ ފަސޫހާ އަހުމަދު ވަނީ 1500މ، 800މ އަދި 400 މީޓަރު ދުވުމުން ރަން މެޑަލް ހޯދުމުގެ އިތުރުން 1500 މީޓަރު ފަސް މިނެޓާއި 3.51 ސިކުންތުން ދުވެގެން މިއިވެންޓްގެ ގައުމީ ރެކޯޑް އައުކޮށްފައެވެ. ކުރިން މިރެކޯޑް އޮތީ ވެސް ފަސޫހާގެ އަތުގައެވެ. އެއީ މިދިޔަ އަހަރު ބޭއްވުނު ގްރޭންޑް ޕްރީ މުބާރާތުގައި 5 މިނެޓާއި 04.02 ސިކުންތުން ދުވެގެން ހަދާފައިވާ ރެކޯޑެކެވެ.

05 ސެޕްޓެންބަރު 2024 އިން 07 ސެޕްޓެންބަރު 2024 ގެ ނިޔަލަށް މާލޭ ސިޓީ، ކުޅިވަރު އެކުވެނީ ޓްރެކް ދަނޑުގައި ކުރިއަށް ގެންދާ މިމުބާރާތުގެ އަންހެން ޑިވިޝަނުގައި 15 ޓީމަކުން ޖުމްލަ 64 އެތްލީޓަކު ބައިވެރިވެފައިވާއިރު، ފިރިހެން ޑިވިޝަނުގައި 18 ޓީމަކުން 121 އެތްލީޓުން ވަނީ ބައިވެރިވެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ