logoEN
cocacola
މާލެ ސަރަހައްދުގައި ޖަމާޢަތްތެރިން ތަމްރީނު ކުރުމުގެ ޕްރޮގުރާމް ފަށައިފި

މާލެ ސަރަހައްދުގައި ޖަމާޢަތްތެރިން ތަމްރީނު ކުރުމުގެ ޕްރޮގުރާމް ފަށައިފި

އަހުމަދު ޝުރާއު

logo

9/7/2024, 7:10:34 AM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

--

ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން މާލެ ސަރަހައްދުގައި ކުރިއަށް ގެންދާ ޖަމާޢަތްތެރިން ތަމްރީން ކުރުމުގެ ޕްރޮގުރާމް ފަށައިފިއެވެ.

ގޮސިޔާ

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނީ މި ތަމްރީނުގައި އަންހެން އަދި ފިިރިހެން ހިމެނޭހެން 28 ބައިވެރިން ބައިވެރިވެފައިވާ ކަމަށެވެ.

ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގައި ކުރިއަށްދާ މި ތަމްރީނުގައި ކިޔަވައިދެއްވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވާއިޡުންކަމަށްވާ އައްޝައިޚް ޢާޒިމް ޚާލިދު އާއި އައްޝައިޚް ޢަބްދުލްޤާދިރު މުޙައްމަދުއެވެ.

މި ތަމްރީން ޕްރޮގުރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނި ދެ ހަފްތާގެ މުއްދަތަށެވެ. މިއީ މާލެއާއި ރާއްޖޭގެ ރަށްރަށުގައި ކަށުކަމާކެމީގެ ކަންކަން ކުރުމަށް އެކަށީގެންވާ ތަމްރީނު ލިބިފައިވާ މީހުން އިތުރުކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދެވޭ ޕްރޮގުރާމެއްކަން ވުޒާރާއިން ހާމަކުރެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ