logoEN
cocacola

އެމްސީއެލްޕީ އާއި އެމްއޯއީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް/ހުސެއިން

ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް އޭގައި މިނިސްޓްރީ އޮފް އެޑިއުކޭޝަން (އެމްއޯއީ) އާއި މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަރުމަންޓް އެންޑް ޕަބްލިކް ވޯކް (އެމްސީއެލްޕީ) ވާދަކުރި މެޗު ފަސޭހަކަމާއެކު 40-0 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ، ގުރޫޕްގެ އެއްވަނަ އެމްއޯއީ އިން ކަށަވަރުކޮށްފިއެވެ.

ގޮސިޔާ

މުބާރާތުގައި އެމްއޯއީ ކުޅުނު ފުރަތަމަ މެޗުގައި ޖީއާރުސީ އަތުން 21-10 ގެ ނަތީޖާއަކުން އެޓީމު މޮޅުވިއިރު، ދެވަނަ މެޗުގައި ސީވީސީ އަތުން އެޓީމު މޮޅުވީ 36-03 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި ތިންވަނަ މެޗުގައި އެމްސީއެސް އަތުން އެޓީމު މޮޅުވީ 20-27 ގެ ނަތީޖާއަކުންނެވެ. އަދި އެމްސީއެލްޕީގެ ފުރަތަމަ މެޗުގައި އެމްސީއެސް އަތުން 02-33 ގެ ތަފާތުބޮޑު ނަތީޖާއަކުން އެޓީމު ބަލިވިއިރު، ދެވަނަ މެޗުގައި ޖީއާރުސީ އަތުން އެޓީމު ބަލިވީ 01-23 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. ނަމަވެސް އެޓީމުގެ ތިންވަނަ މެޗުގައި ސީވީސީ އަތުން ބަލިވީ ވާދަވެރި ކުޅުމަކަށްފަހު 9-3 ގެ ނަތީޖާއަކުންނެވެ.

މުޅި މެޗުގައި ވެސް އެމްއޯއީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 17-0 ގެ ތަފާތުބޮޑު ނަތީޖާއަކުން އެމްއޯއީ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރު 23 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއޯއީގެ ރިޒްނާ މުހައްމަދު އެވެ.

މިނަތީޖާއެކު ކުޅުނު ހަތަރު މެޗުން އެމްއޯއީއަށް 12 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ގުރޫޕްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި އެމްސީއެލްޕީ ކުޅުނު ހަތަރު މެޗުން ވެސް އެޓީމު ބަލިވެފައިވާއިރު، ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.

މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 20 ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ފަސް ޓީމު ހިމެނޭއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުތުސަތު ލިބިގެންދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ