logoEN
cocacola

ކޭވީސީ އާއި ވައިއާރުސީ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް/ހުސެއިން

8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް ޑީގައި މިރޭ ކުޅިވަރު ވުޒާރާ ކުލަބު (ކޭވީސީ) އައި ޔޫތް ރެކްރިއޭޝަން ކުލަބު (ވައިއާރުސީ) ވާދަކުރި ފަސޭހަކަމާއެކު 36-06 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ކޭވީސީ އިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ގޮސިޔާ

މުބާރާތުގައި ކޭވީސީ ކުޅުނު ފުރަތަމަ މެޗުގައި 10-17 ގެ ނަތީޖާއަކުން އެމްއެންޔޫ އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި އެޓީމުން ވަނީ 04-41 ގެ ތަފާތުބޮޑު ނަތީޖާއަކުން އެފްއާރުސީ ބަލިކޮށްފައެވެ. އަދި ވައިއާރުސީގެ ފުރަތަމަ މެޗުގައި އެފްއާރުސީ އަތުން 08-10 ގެ ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުގައި ސްޓެލްކޯ އަތުން ބަލިވީ 02-31 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ކޭވީސީ އިން މެޗު ޑޮމިނޭޓްކުރިއިރު, ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 13 ލަނޑުގެ ލީޑަކާއެކު 17-04 ގެ ތަފާތުބޮޑު ނަތީޖާއަކުން ކޭވީސީ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު 19 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ވައިއާރުސީއަށް ކާމިޔާބުކުރެވުނީ އެންމެ ދެ ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކޭވީސީގެ އައިޝަތު ނާޒިމާ އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް 16 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިނަތީޖާއެކު ކުޅުނު ތިން މެޗުން ކޭވީސީއަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ގުރޫޕްގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ވައިއާރުސީ ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާއިރު، ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.

މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 20 ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ފަސް ޓީމު ހިމެނޭއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުތުސަތު ލިބިގެންދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ