logoEN
cocacola
އުތީމުގެ ނަން ތާރީޚުގައި ލިޔެވިފައި އޮތީ ރަންއަކުރުން - ޝަހީމް

އުތީމުގެ ނަން ތާރީޚުގައި ލިޔެވިފައި އޮތީ ރަންއަކުރުން - ޝަހީމް

އަހުމަދު ޝުރާއު

logo

9/6/2024, 4:39:44 PM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

--

މުޙައްމަދުތަކުފާނު އެރަށަކަށް ނިސްބަތްވެވަޑައިގަންނަވާ ހއ. އުތީމު، ދިވެހި ތާރީޚުގައި ލިޔެވިފައި އޮތީ ރަންއަކުރުން ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

މިއަހަރުގެ ޤައުމީ ދުވަސް ފާހަގަކުރުމަށް ރޭ އުތީމުގައި ބޭއްވި ހާއްސަ ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އުތީމަކީ ދިވެހި އުއްމަތަށް، ޒަޢާމަތެއް ނެރުއްވި މަދަރުސާއެއްކަމަށާއި ރަށް ކުޑަނަމަވެސް ފަޚުރުވެރި ތާރީޚުގައި އުތީމުގެ ނަން ލިޔެވިފައި އޮތީ ރަން އަކުރުންކަމަށެވެ. މީގެ އިތުރުން މިއަދުވެސް އުތީމުން އެފަދަ ޝަހުސިއްތުތައް ނުނެރެވެންވީ އެއްވެސް ސަބަބެއްނެތްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން އުތީމުގައި ކުރެވެމުންދާ ޤައުމީ މަސައްކަތްތަކަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާނެކަމަށާއި، އުތީމުގައި ކީރިތި ޤުރުއާން އުނގަންނައިދިނުމަށްޓަކައި ކުރެވޭ މަސައްކަތްތަކަށް ސަރުކާރުގެ ފަރާތުން ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން އަރުވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވަޒީރުގެ އިތުރުން، ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމްއާއި، އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ވަޒީރުގެ ނައިބު އަލީ އަޙްސަންވަނީ ބައިވެރިވެލައްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ