
ވިޔަފާރިއަށް ގޭގައި ކާބޯތަކެތި އުފައްދާ މީހުން ދަފްތަރުވުމަށް ބީސީސީން ނެރުނު އުޞޫލު ބާޠިލުކޮށްފި
# ބީސީސީ--
މްދަނީ ހޯދުމަށް ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތައް ދަފްތަރުވުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ނެރުނު އުޞޫލު ބާތިލުކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ބީސީސީން އިއްޔެ ގެޒެޓްގައި ޝާއިޢުކުރި އިޢުލާނެއްގައި ބުނެފައިވަނީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އަމިއްލަ ދިރިއުޅުމަށްޓަކައި ކާބޯތަކެތި އުފައްދާ ވިއްކުމުގެ މަސައްކަތުގައި އަމަލު ކުރަންވީގޮތުގެ މިންގަނޑާއި ގުޅިގެން ބީސީސީން އެކުލަވާލާފައިވާ ދަފްތަރުގެ އުޞޫލު ބާޠިލުވެފައިވާ ކަމަށެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަލަށް ކަނޑައަޅާފައިވާ މިންގަނޑުގައި، އާންމު ޝަރުތުތަކާއި ބަދިގޭގައި ފުރިހަމަވާން ޖެހޭ ޝަރުތުތަކުގެ އިތުރުން ހިފައި ގެންގުޅޭ ސާމާނާއި އާލަތްތަކުގައި ހުންނަން ޖެހޭ ޝަރުތުތައް ވެސް ހިމަނައިފައިވެއެވެ. ވިޔަފާރީގެ އުޞޫލުން ގޭގައި ކާބޯތަކެތި ތައްޔާރުކުރާނަމަ މިހާރު އެކަމުގެ މަޢުލޫމާތު އީފާސް މެދުވެރިކޮށް "ދިރިތި" ޕޯޓަލް އަށް ހުށަހަޅަން ޖެހެއެވެ. އަދި ވިޔަފާރީގެ ބޭނުމަށް ގޭގައި ކާބޯތަކެތި ވިއްކާ ފަރާތްތައް ދަފްތަރުކުރުމުގެ އުޞޫލުތައް އެމްއެފްޑީއޭގެ ޕޯޓަލް އަދި ޞިއްޙީ ވުޒާރާގެ ވެބްސައިޓުގައި ވަނީ އާންމުކޮށްފައެވެ.
މި ބަދަލާ ގުޅިގެން، ކުރިން ބީސީސީން ޤާއިމްކޮށްފައިވާ ދަފްތަރުގެ އުޞޫލު ބާޠިލުވެ، އަލަށް އެމްއެފްޑީއޭއިން ކަނޑައަޅާފައިވާ މިންގަނޑާއި އުޞޫލުތަކަށް ވިޔަފާރީގެ އުޞޫލުން ގޭގައި ކާބޯތަކެތި އުފައްދާ ފަރާތްތަކުން ޢަމަލުކުރަން ޖެހޭނެއެވެ.
ގުޅުންހުރި
.jpg&w=3840&q=75)
އެމްއެސްއެމްއީ ފެސްޓް 2026 ގައި ބައިވެރިވުމަށް ކިއޮސްކްތައް ރަޖިސްޓްރީކުރުމުގެ ފުރުޞަތު ހުޅުވާލައިފި

އުފެއްދުންތެރިކަމުގެ މައުރަޒު: 31 އޮގަސްޓުގެ ކުރިން ތަކެތި ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލައިފި

ބީސީސީގެ ޗެއާޕާސަންއަކަށް މުހައްމަދު ޝަހީދު




