logoEN
cocacola
ސަމާހް ނިޔާވި އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި ވިސާމު, ޝަރީއަތް ނިމެންދެން ބަންދަށް!

ސަމާހް ނިޔާވި އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކުރި ވިސާމު, ޝަރީއަތް ނިމެންދެން ބަންދަށް!

އަހުމަދު ޝުރާއު

logo

9/6/2024, 2:22:56 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ރޭ ފަތިހު ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ކާރު ދުއްވި މީހާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފި އެވެ.

ގޮސިޔާ

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއް ކޮންޓްރޯލް ނުވެ ސައިކަލެއްގައި ޖެހިގެން ހިނގި އެކްސިޑެންޓުގައި ނިޔާވީ ސައިކަލު ދުއްވަން އިން ލ. އިސްދޫ، ބީޗްހައުސް، ހަސަން ސަމާހް (23އ) އެވެ. އޭނާ ނިޔާވީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެވެ.

ފުލުހުން މިއަދު ފޮޓޯއާއި އެކު ނޫސްވެރިންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ވައިލެޓްފެހި، ޢުމުރުން 26 އަހަރުގެ މުހައްމަދު ވިސާމު ސިދުޤީ ކަމަށެވެ.

އަދި މިރޭ ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށް ވިދާޅުވެފައި އެވެ.

ރޭގެ އެކްސިޑެންޓާއި ގުޅިގެން ގިނަ ބަޔަކު ދަނީ ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގޮވާލަމުންނެވެ. އަދި ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު އެކްސްގައި ކުރެެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވައިފިނަމަ އެފަދަފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް އަގަވާފައިވާކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ