logoEN
cocacola
ސަމާހް ނިޔާވި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާގެ ވަނަވަރު އާންމުކޮށްފި

ސަމާހް ނިޔާވި އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާގެ ވަނަވަރު އާންމުކޮށްފި

އަހުމަދު ޝުރާއު

logo

9/6/2024, 9:24:17 AM

# ދިވެހި ފުލުހުންގެ ޙިދުމަތް# ހުޅުމާލެ

--

ރޭ ފަތިހު ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ކާރު ދުއްވި މީހާގެ ވަނަވަރު ފުލުހުން ހާމަ ކޮށްފިއެވެ.

ގޮސިޔާ

ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރެއް ކޮންޓްރޯލް ނުވެ ސައިކަލެއްގައި ޖެހިގެން ހިނގި އެކްސިޑެންޓުގައި ނިޔާވީ ސައިކަލު ދުއްވަން އިން ލ. އިސްދޫ، ބީޗްހައުސް، ހަސަން ސަމާހް (23އ) އެވެ. އޭނާ ނިޔާވީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެވެ.

ފުލުހުން މިއަދު ފޮޓޯއާއި އެކު ނޫސްވެރިންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ވައިލެޓްފެހި، ޢުމުރުން 26 އަހަރުގެ މުހައްމަދު ވިސާމު ސިދުޤީ ކަމަށެވެ.

މި އެކްސިޑެންޓުގެ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

ނިޔާވި ސަމާހްއަކީ ކަރެކްޝަނަލް ސާވިސްގައި ޕްރިސަން އޮފިސަރެއްގެ މަގާމުގައި ހުރި ޒުވާނެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ