logoEN
cocacola
ވާދަވެރި ކުޅުމަކަށްފަހު ސީބިއެމް ބަލިކޮށް ބީއެމްއެލް ކުއާޓާ ފައިނަލް ޔަގީންކޮށްފި

ވާދަވެރި ކުޅުމަކަށްފަހު ސީބިއެމް ބަލިކޮށް ބީއެމްއެލް ކުއާޓާ ފައިނަލް ޔަގީންކޮށްފި

ހަސަން ޝަމްއޫން

logo

9/5/2024, 6:34:15 PM

# ހޭންޑްބޯލް މޯލްޑިވްސް# ދިވެހި ކުޅިވަރު # އަންހެން ދެވަނަ ޑިވިޝަން# އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތް 2024

ބީއެމްއެލް އާއި ސީބީއެމް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ:ގާފު ސްޕޯޓްސް/ހަސަން

8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް ބީގައި މިރޭ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ( ސީބީއެމް) އާއި ޔުނައިޓެޑް ބީއެމްއެލް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 15-17 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޔުނައިޓެޑް ބީއެމްއެލް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ގޮސިޔާ

މުބާރާތުގައި ޔުނައިޓެޑް ބީއެމްއެލް ކުޅުނު ފުރަތަމަ މެޗުގައި 15-11 ގެ ނަތީޖާއަކުން އާސަންދަ އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި އެޓީމުން ވަނީ 21-11 ގެ ނަތީޖާއަކުން ޕެމާ ބަލިކޮށްފައެވެ. އަދި ސީބީއެމްގެ ފުރަތަމަ މެޗުގައި 09-22 ގެ ނަތީޖާއަކުން އެމްއެންޑީއެފް އަތުން ބަލިވި ނަމަވެސް ދެވަނަ މެޗުގައި އެޓީމުން ވަނީ 22-08 ގެ ނަތީޖާއަކުން އާސަންދަ ބަލިކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓިމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 8-8 ގެ ނަތީޖައަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. އަދި މިހާފުގައި ޔުނައިޓެޑް ބީއެމްއެލް އިން އިތުރު ނުވަ ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ސީބީއެމްއަށް ކާމިޔާބުކުރެވުނީ ހަތް ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޔުނައިޓެޑް ބީއެމްއެލްގެ ކީޕަރު ހައްވާ ސީނިޔާޒު އާދަމް އެވެ.

މިނަތީޖާއެކު ކުޅުނު ތިން މެޗުން މޮޅުވެ ނުވަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ގުރޫޕްގެ ދެވަނައިގައި ޔުނައިޓެޑް ބީއެމްއެލް އޮތްއިރު، މިމެޗުން ބަލިވި ސީބީއެމް ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ހަތަރުވަނައިގައެވެ.

މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 20 ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ފަސް ޓީމު ހިމެނޭއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުތުސަތު ލިބިގެންދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ