logoEN
cocacola
ތަފާތުބޮޑު ނަތީޖާއަކުން އާސަންދަ ބަލިކޮށް އެމްއެންޑީއެފް ގުރޫޕްގެ އެއްވަނައަށް

ތަފާތުބޮޑު ނަތީޖާއަކުން އާސަންދަ ބަލިކޮށް އެމްއެންޑީއެފް ގުރޫޕްގެ އެއްވަނައަށް

ހަސަން ޝަމްއޫން

logo

9/5/2024, 6:01:32 PM

# އަންހެން ދެވަނަ ޑިވިޝަން# އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތް 2024# ދިވެހި ކުޅިވަރު # ހޭންޑްބޯލް މޯލްޑިވްސް

އެމްއެންޑީއެފް އާއި އާސަންދަ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް / އާހިލް

8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް ބީގައި މިރޭ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި އާސަންދަ ކޮމްޕެމީ ވާދަކުރި މެޗު ފަސޭހަކަމާއެކު 06-28 ގެ ތަފާތުބޮޑު ނަތީޖާއަކުން އެމްއެންޑީއެފް ކާމިޔާބުކޮށްފިއެވެ.

ގޮސިޔާ

މުބާރާތުގައި އާސަންދަ ކުޅުނު ފުރަތަމަ މެޗުގައި ޔުނައިޓެޑް ބީއެމްއެލް އަތުން 11-15 ގެ ނަތީޖާއަކުން އެޓީމު ބަލިވިއިރު، ދެވަނަ މެޗުގައި ޕެމާ އަތުން ބަލިވީ 10-08 ގެ ނަތީޖާއަކުންނެވެ. އަދި ތިންވަނަ މެޗުގައި ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ( ސީބީއެމް) އަތުން އެޓީމު ބަލިވީ 08-22 ގެ ނަތީޖާއަކުންނެވެ. އަދި އެމްއެންޑީއެފްގެ ފުރަތަމަ މެޗުގައި 06-25 ގެ ނަތީޖާއަކުން ޕެމާ ބަލިކުރިއިރު، ދެވަނަ މެޗުގައި ސީބީއެމް އަތުން އެޓީމު މޮޅުވީ 22-08 ގެ ނަތީޖާއަކުންނެވެ.

މުޅި މެޗުގައި ވެސް މޮޅަށް ކުޅެ އެމްއެންޑީއެފް އިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ނުވަ ލަނޑުގެ ލީޑަކާއެކު 12-03 ގެ ނަތީޖާއަކުން އެމްއެންޑީއެފް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު 15 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އާސަންދަ ޓީމަށް ކާމިޔާބު ކުރެވުނީ އެންމެ ތިން ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއެންޑީއެފްގެ އާމިނަތު ޒައިނާ ރިޔާޒު އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް 10 ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިނަތީޖާއެކު ކުޅުނު ތިން މެޗުން މޮޅުވެ ނުވަ ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނައިގައި އެމްއެންޑީއެފް އޮތްއިރު، މިމެޗުން ބަލިވި އާސަންދަ ކުޅުނު ހަތަރު މެޗުން ވެސް ބަލިވެ އެޓީމުން މުބާރާތް ނިންމާލީ ގުރޫޕް ފުލުގައި އޮވެއެވެ.

މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 20 ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ފަސް ޓީމު ހިމެނޭއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުތުސަތު ލިބިގެންދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ