logoEN
cocacola

ވެމްކޯ އާއި ސީއާރުސީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް/ހުސެއިން

8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަންގައި މިރޭ ކަސްޓަމްސް ރެކްރިއޭޝަން ކުލަބު (ސީއާރުސީ) އާއި ވެމްކޯ ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 15-16 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ސީއާރުސީން ލީގު ތާވަލުގެ ތިންވަނައަށް ކުރިއަށްޖެހިލައިފިއެވެ.

ގޮސިޔާ

މުބާރާތުގައި ސީއާރުސީ ކުޅުނު ފުރަތަމަ މެޗުގައި 19-35 ގެ ނަތީޖާއަކުން އިމިގްރޭޝަން އަތުން ބަލިވިނަމަވެސް ދެވަނަ މެޗުގައި އެޓީމުން ވަނީ 29-19 ގެ ނަތީޖާއަކުން ފިނޭންސް އަތުން މޮޅުވެފައެވެ. އަދި އެޓީމުގެ ތިންވަނަ މެޗުގައި އެންޑަބުލިޔުއެސްސީ އަތުން 05-36 ގެ ނަތީޖާއަކުން މޮޅުވިއިރު، ހަތަރުވަނަ މެޗުގައި އެމްޕީއެލް އަތުން އެޓީމު ބަލިވީ 23-30 ގެ ނަތީޖާއަކުންނެވެ.

މުބާރާތުގައި ވެމްކޯގެ ފުރަތަމަ މެޗުގައި އެމްޕީއެލް އަތުން 20-26 ގެ ނަތީޖާއަކުން އެޓީމު ބަލިވިއިރު، ދެވަނަ މެޗުގައި އިމިގްރޭޝަން އަތުން އެޓީމު ބަލިވީ 26-32 ގެ ނަތީޖާއަކުންނެވެ. އަދި އެޓީމުގެ ތިންވަނަ މެޗުގައި 36-23 ގެ ނަތީޖާއަކުން ފިނޭންސް އަތުން މޮޅުވިއިރު، ހަތަރުވަނަ މެޗުގައި އެންޑަބުލިޔުއެސްސީ އަތުން އެޓީމު މޮޅުވީ 08-41 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފު ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 5-5 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ސީއާރުސީން އިތުރު 11 ލަނޑު ކާމިޔާބުކުރިއިރު، މިހާފުފައި ވެމްކޯއަށް ކާމިޔާބުކުރެވުނީ 10 ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީއާރުސީގެ ކީޕަރު އައިޝަތު މާއިދާއެވެ.

މިނަތީޖާއެކު ކުޅުނު ފަސް މެޗުން ސީއާރުސީއަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި ވެމްކޯއަށް ފަސް މެޗުން ލިބިފައި ވަނީ ހަ ޕޮއިންޓެވެ.

މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަނުގައި ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، އޭގެތެރޭގައި ހިމެނެނީ އެމްޑަބުލިޔުއެސްސީ، ވެމްކޯ، އެމްޕީއެލް، މޯލްޑިވްސް ކަސްޓަމްސް، މޯލްޑިވްސް އިމިގްރޭޝަން އަދި މިނިސްޓްރީ އޮފް ފިނޭންސް އެވެ.

މީގެ އިތުރުން މިޑިވިޝަނުގެ މެޗުތައް ކުރިއަށް ދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ