logoEN
WAMCO TOP 1
މިނިސްޓަރު ޒަމީރު ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

މިނިސްޓަރު ޒަމީރު ޔޫއޭއީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

އަހުމަދު ޝުރާއު

logo

9/5/2024, 3:34:13 PM

# މިނިސްޓަރ މޫސާ ޒަމީރު

-

ޚާރިޖީ ވަޒީރު، މޫސާ ޒަމީރު އެކުވެރި ޢަރަބި ޢިމާރާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

THE TRAVELLER AD

ދެ ދުވަހުގެ މި ދަތުރުފުޅުގައި މިނިސްޓަރ ޒަމީރުވަނީ އެކުވެރި ޢަރަބި ޢިމާރާތުގެ ބޮޑުވަޒީރުގެ ނާއިބު އަދި ޚާރިޖީ ވަޒީރު ހިޒް ހައިނަސް ޝެއިޚް ޢަބްދުالله ބިން ޒައިދު އަލް ނަޙްޔާންއާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް، ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި އައު ދާއިރާތަކުން އެކުގައި މަސައްކަތް ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

އަދި، އެކުވެރި ޢަރަބި ޢިމާރާތުގެ ރައީސް ހިޒް ހައިނަސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާނަށް އެޑްރެސްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ސިޓީފުޅެއް، މި ބައްދަލުވުމުގައި މިނިސްޓަރ ޒަމީރުވަނީ ޚާރިޖީ ވަޒީރަށް އަރުވާފައެވެ.

މީގެ އިތުރުން، އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އޭ.ޑީ.އެފް.ޑީ.)ގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ސައިފް އަލް ސުވައިދީއާ މިނިސްޓަރު ޒަމީރުގެ މި ދަތުރުފުޅުގައި ބައްދަލުކުރެއްވިއެވެ. އަދި އެކުވެރި ޢަރަބި ޢިމާރާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ޒިރާޔަތްކުރައްވައި އެކުވެރި ޢަރަބި ޢިމާރާތައް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރާއި މުވައްޒަފުންނާ ބައްދަލުކުރެއްވިއެވެ.

މިނިސްޓަރު ޒަމީރުގެ އަރިހުގައި އެމްބެސެޑަރ-އެޓް-ލާޖް އަޙުމަދު ނަސީރު؛ ސެކްރެޓަރީ، ބައިލެޓަރަލް ޑރ. ހާލާ ޙަމީދު؛ އަދި ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓް
ފަހުގެ
HDC