logoEN
cocacola
ފަސޭހަކަމާއެކު އެމްޑަބުލިޔުއެސްސީ ބަލިކޮށް ލީގު ބުރުގެ އެއްވަނަ އިމިގްރޭޝަނަށް

ފަސޭހަކަމާއެކު އެމްޑަބުލިޔުއެސްސީ ބަލިކޮށް ލީގު ބުރުގެ އެއްވަނަ އިމިގްރޭޝަނަށް

ހަސަން ޝަމްއޫން

logo

9/5/2024, 2:54:58 PM

# އަންހެން ފުރަތަމަ ޑިވިޝަން# އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތް 2024# ދިވެހި ކުޅިވަރު # ހޭންޑްބޯލް މޯލްޑިވްސް

އެމްޑަބުލިޔުއެސްސީ އާއި އިމިގްރޭޝަން ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް/ހުސެއިން

8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަންގައި މިއަދު ހަވީރު އެމްޑަބުލިޔުއެސްސި އާއި އިމިގްރޭޝަން ވާދަކުރި މެޗު ފަސޭހަކަމާއެކު 06-45 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ލީގު ބުރުގެ އެއްވަނަ އިމިގްރޭޝަނުން ކަށަވަރުކޮށްފިއެވެ.

ގޮސިޔާ

މުބާރާތުގައި އިމިގްރޭޝަން ކުޅުނު ފުރަތަމަ މެޗުގައި 35-19 ގެ ނަތީޖާއަކުން ކަސްޓަމްސް ރެކްރިއޭޝަން ކުލަބު (އެސްއާރުސީ) އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި ވެމްކޯ އަތުން މޮޅުވީ 32-26 ގެ ނަތީޖާއަކުންނެވެ. އަދި ތިންވަނަ މެޗުގައި 32-23 ގެ ނަތީޖާއަކުން އެމްޕީއެލް އަތުން މޮޅުވިއިރު، ހަތަރު ވަނަ މެޗުގައި ފިނޭންސް އަތުން މޮޅުވީ 43-19 ގެ ނަތީޖާއަކުންނެވެ.

މުބާރާތުގައި އެމްޑަބުލިޔުއެސްސީ ކުޅުނު ފުރަތަމަ މެޗުގައި 07-39 ގެ ނަތީޖާއަކުން ފިނޭންސް އަތުން ބަލިވިއިރު، ދެވަނަ މެޗުގައި އެމްޕީއެލް އަތުން ބަލިވީ 08-48 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި ތިންވަނަ މެޗުގައި 05-36 ގެ ނަތީޖާއަކުން ސީއާރުސީ އަތުން ބަލިވިއިރު، ހަތަރުވަނަ މެޗުގައި ވެމްކޯ އަތުން ބަލިވީ 08-41 ގެ ތަފާތުބޮޑި ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި އިމިގްރޭޝަންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 24 ޕޮއިންޓްގެ ލީޑަކާއެކު 02-26 ގެ ނަތީޖާއަކުން އިމިގްރޭޝަން ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރު 19 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އެމްޑަބުލިޔުއެސްސީއަށް ކާމިޔާބުކުރެވުނީ އެންމެ ހަތަރު ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާމިނަތު އިސްރާއު އަބްދުއް ޝުކޫރު އެވެ.

މިނަތީޖާއެކު ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓާއެކު ލީގު ތާވަލުގެ އެއްވަނައިގައި އިމިގްރޭޝަން އޮތް އިރު މިމެޗުން ބަލިވި އެމްޑަބުލިޔުއެސްސީ ކުޅުނު ފަސް މެޗުން ވެސް ބަލިވެ އެޓީމުންް މުބާރާތް ނިންމާލީ ލީގު ތާވަލުގެ ފުލުގައި އޮވެއެވެ.

މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަނުގައި ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، އޭގެތެރޭގައި ހިމެނެނީ އެމްޑަބުލިޔުއެސްސީ، ވެމްކޯ، އެމްޕީއެލް، މޯލްޑިވްސް ކަސްޓަމްސް، މޯލްޑިވްސް އިމިގްރޭޝަން އަދި މިނިސްޓްރީ އޮފް ފިނޭންސް އެވެ.

މީގެ އިތުރުން މިޑިވިޝަނުގެ މެޗުތައް ކުރިއަށް ދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ