logoEN
cocacola
ޤައުމެއްގެ ޤައުމިއްޔަތުގައި އެބަޔަކަށް ލިބިފައިވާނެ އެންމެ އަގުބޮޑު އެއް ރައުސްމާލަކީ އެބައެއްގެ މާދަރީ ބަސް - ރައީސް

ޤައުމެއްގެ ޤައުމިއްޔަތުގައި އެބަޔަކަށް ލިބިފައިވާނެ އެންމެ އަގުބޮޑު އެއް ރައުސްމާލަކީ އެބައެއްގެ މާދަރީ ބަސް - ރައީސް

އަހުމަދު ޝުރާއު

logo

9/4/2024, 1:59:31 PM

# ރައީސް މުއިއްޒު

--

ޤައުމެއްގެ ޤައުމިއްޔަތުގައި އެބަޔަކަށް ލިބިފައިވާނެ އެންމެ އަގުބޮޑު އެއް ރައުސްމާލަކީ އެބައެއްގެ މާދަރީ ބަސްކަމަށާއި، މާދަރީ ބަހަކީ އަމިއްލަ ޤައުމީ ސަގާފަތެއް އުފައްދައިދޭ ވާސިތާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

އެމަނިކުފާނު މިހެން ވިދާޅުވީ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މާދަރީ ބަހުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މާދަރީ ބަހަކީ ސިޔާސީ ގޮތުން ވެސް ވަރަށް މުހިންމު ބާރެއްކަމަށާއި، ޤައުމެއްގެ ދެމި އޮތުމަށް ކޮންމެހެން ބޭނުން ހަތިޔާރެއްކަމަށެވެ. ހަމަ އެއާއެކު ދިވެހީންނަށް ވަކި ދައުލަތެއްގެ މިނިވަން ފަޚްރުވެރި ދިދަ ވިހުރާލަން ލިބުމުގެ އެއް ސިއްރަކީވެސް ދިވެހީންގެ އަމިއްލަ މާދަރީ ބަހެއް އޮތުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ޤައުމީ ދުވަހަކީ ކޮންމެ ދިވެއްސަކުވެސް ދިވެހި ބަހަށް އިސްކަންދޭން އަލުން ފަށާ ދުވަހެއްކަމުގައި ހެދުމަށް އެދިވަޑައިގެންފައެވެ. އަދި ބަހުން މުޢާމަލާތުކޮށް ސަގާފަތް އުފަންކުރާއިރު، އެކަމުގައި މާތްވެގެންވާ އިސްލާމް ދީނުގެ އިންތަކާއި މިންތަކަށް ފަރުވާތެރިވުމަށްވެސް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން "ދިވެހި ޤައުމިއްޔަތުގެ މަދަކީ މާތްވެގެންވާ އިސްލާމްދީން. ދީނީ ކަންކަން ހަރުދަނާކޮށް މަގުތައް ފަހިކުރުމަކީ އަޅުގަނޑުމެންގެ އަމާޒެއް. ޒަކާތް ދިނުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކާ ޒަކާތު ހައުސް އުފެއްދީ އެހެންވެގެން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވާހަކަދެއްކުމުގައި އިސްލާމްދީން އަންގަވާފައިވާގޮތަށް އެކަކު އަނެކަކަށް ހެޔޮ ބަހެއް ނޫނީ ނުބުނުމަށާއި ބުނާނެ ހެޔޮ ބަހެއް ދުލަށް ނައިނަމަ ހަނުހުރުމަށް ބާރުއަޅުއްވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ