logoEN
cocacola
ސްޓެލްކޯގެ ނަމުގައި ސްކޭމް ކޯލްތަކެއް!

ސްޓެލްކޯގެ ނަމުގައި ސްކޭމް ކޯލްތަކެއް!

އަހުމަދު ޝުރާއު

logo

9/1/2024, 7:05:47 AM

# ސްޓެލްކޯ

--

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރަމުންދާތީ، އެކަމަށް ސަމާލުވުމަށް އެކުންފުނިން އެދިއްޖެއެވެ.އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، އެކުންފުނީގެ ނަމުގައި ކަސްޓަމަރުންނަށް ސްކޭމް ކޯލްތަކެއް ކުރަމުންދާކަން އެކުންފުނީގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި މިފަދަ ކޯލްތައް ކުރާ ފަރާތްތަކުން ކަސްޓަމަރުންނަށް އޮޅުވާލައިގެން ޒާތީ މަޢުލޫމާތު ހޯދުމަށް މަސައްކަތްކުރާކަން ފާހަގަކުރެވިފައިވާކަމަށެވެ.

ގޮސިޔާ

ސްޓެލްކޯގެ އެއްވެސް ކަސްޓަމަރެއްގެ ޒާތީ އަދި މާލީ ޙާލަތާގުޅޭ މަޢުލޫމާތެއް ހޯދުމަށް އެކުންފުނިން ފޯނުން ނުގުޅާނެކަން ހާމަކުރައްވައި ފަހުމީ ވަނީ އެފަދަ ކޯލެއްކަމަށް ޝައްކުކުރެވޭނަމަ، އަމިއްލަ އެއްވެސް މަޢުލޫމާތެއް އެފަރާތަކާ ހިއްސާނުކުރުމަށް އިލްތިސްކުރައްވާފައި އެވެ.

View post on Twitter

މިފަދަ އެއްވެސް މުއާމަލާތެއްގެ ސައްހަކަން ކަށަވަރުކުރުމަށް ސްޓެލްކޯގެ ރަސްމީ ޗެނަލްތަކުގެ ބޭނުން ހިފުމަށްވެސް ކަސްޓަމަރުންގެ ކިބައިން ސްޓެލްކޯއިން ވަނީ އެދިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ