logoEN
cocacola
ކަރެކްޝަންސްގެ 29 ވަނަ އަސާސީ ތަމްރީން ޕްރޮގްރާމުގެ ބެސްޓް އޯލް ރައުންޑަކަށް އަމާން!

ކަރެކްޝަންސްގެ 29 ވަނަ އަސާސީ ތަމްރީން ޕްރޮގްރާމުގެ ބެސްޓް އޯލް ރައުންޑަކަށް އަމާން!

އަހުމަދު ޝުރާއު

logo

8/31/2024, 11:22:05 AM

# މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

--

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ޚިދުމަތާ އަލަށް ގުޅޭ އޮފިސަރުންނަށް ހިންގި “ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ” ޕްރޮގްރާމް ގެ 11 ވަނަ ބެޗްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ މާފުށީ ޖަލުގައި ބާއްވައިފިއެވެ.

ގޮސިޔާ

މިއީ އެމްސީއެސްގެ އަސާސީ ތަމްރީން ޕްރޮގްރާމްގެ 29 ވަނަ ބެޗެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އޮނަރަބަލް މުޙައްމަދު ސަޢީދުއެވެ. މިނިސްޓަރގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، ކޮމިޝަންޑް އޮފިސަރުންނާއި ސީނިއަރ މުވައްޒަފުން އަދި ދަޢުވަތު އެރުވުނު މެޙެމާނުން ރޭގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ތިން މަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ އަސާސީ ތަމްރީން ޕްރޮގްރާމްގެ މި ބެޗްގެ ފަށާފައިވަނީ 09 މެއި 2024 ގައެވެ. އަދި 42 ޓްރޭނީއިންނާއެކު ފެށި މި މި ތަމްރީން ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައިވަނީ 36 ޓްރޭނީންނެވެ.

މި ރަސްމިއްޔާތުގައި ޕެރޭޑް ޖެހުމާއި ކޯސް ކުރިއަށް ދިޔަ ގޮތުގެ ވީޑިއޯ ރިޕޯޓް ހުށަހެޅުން ހިމެނުނެވެ. އަދި ހުރިހާ ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައިވާއިރު، ހަޔަރ ޑިސްޓިންކްޝަން ހާޞިލްކުރި ފަރާތްތަކަށް މެޑަލް ޙަވާލުކޮށްދެއްވާފައިވެއެވެ.

މީގެ އިތުރުން އެންމެ ދުޅަ ހެޔޮ ފިރިހެން އޮފިސަރާއި، ތަޢުލީމީ ރޮގުން އެންމެ މޮޅު އޮފިސަރާއި، އަމަލީ ގޮތުން އެންމެ މޮޅު އޮފިސަރުގެ އިތުރުން “ކޮމިޝަނަރ އޮފް ޕްރިޒަންސް އެވޯޑް” ހޮވާ، ސެޓްފިކެޓް އަދި ސެޓްފިކެޓް އަދި ޝީލްޑް ޙަވާލުކޮށްދެއްވާފައިވާއިރު، “ބެސްޓް އޯލް ރައުންޑް” އަށް ހޮވިފައިވާ ޕްރައިވެޓް އަޙްމަދު އަމާންއަށް ސެޓްފިކެޓް، ޝީލްޑް، ސޭޝް އަދި ބެރޭ ޙަވާލުކޮށްފައިވެއެވެ.

މީގެ އިތުރުން ކޮންމެ ޕްލެޓޫންއަކުން އެންމެ ފާހަގަކޮށްލެވޭ އޮފިސަރުންނަށް ޝީލްޑް ދެވިފައިވާއިރު، އެންމެ މޮޅު ޕްލެޓޫން އަށް ވަނީ ޓްރޮފީއެއް ދީފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް, މުޙައްމަދު ސަޢީދު ވިދާޅުވީ ޤައުމު ބިނާކުރުމަށްޓަކައި ހުރިހާ މުވައްސަސާއަކުންވެސް އެއް އަޒުމެއްގައި މަސައްކަތްކުރަންޖެހޭކަމަށާއި އެމަގުން މަސައްކަތްކޮށްފިނަމަ، ސަރަހައްދުގައި ކުރިއަރާފައިވާ ޤައުމަކަށް ރާއްޖެ ވެގެންދާނެކަމަށެވެ. އަދި ދަސްވެނިންނަށް މުޙާތަބްކުރައްވަނުން މިނިސްޓަރ ވިދާޅުވީ ޔުނީފޯމުގައި ޖައްސަވާފައިވާ ދައުލަތުގެ ނިޝާނުން އިސްލާމްދީން، ދިވެހި ރާއްޖޭގެ ޤައުމިއްޔަތު އަދި ޤައުމު ބިނާކުރުމުގައި މިދަޢުލަތް އެދޭ އެދުން އެ ނިޝާނުން ރަމްޒު ކޮށްދޭކަމަށާއި އެއީ ބުރަ، އަދި ބޮޑު ޒިންމާއެއް ނަމަވެސް، އެއީ އިޖްތިމާޢީ ކަންކަމުގައި ވިޔަސް ލޯ އެންފޯސްމަންޓް ކަމުގައިވިޔަސް، އިޤްތިޞޯދީ ކަންކަމުގައި ވިޔަސް ހުރިހާ މުވައްސަސާތަކުން އެއް އަމާޒެއްގައި އެއްކޮށް ފައިތިލަ ޖައްސައިގެން ޤައުމު ބިނާކުރުމަށް މަސައްކަތްކުރަންޖެހޭކަމަށެވެ.

ދަސްވެނިންނަށް މަރުޙަބާ ދަންނަވަމުން، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހުރިހާ އޮފިސަރުންނާއި މުވައްޒަފުން ކުރައްވަމުން ގެންދަވަނީ ވަރަށް މުހިއްމު އަދި ނުރައްކާތެރި ޤައުމީ މަސައްކަތެއް ކަމަށެވެ. އަދި މީހަކު ކުށަށް އަރާގަންނަ ހިސާބުން ފެށިގެން، ތަޙުޤީޤީ އަދި ޝަރުޢީ މަރުޙަލާ ނިންމުމަށްފަހު އެމްސީއެސްއާ ހިސާބަށް ޙުކުމް ތަންފީޛުކުރަން އަންނަ ހިސާބުން ފެށިގެން އޭނާގެ ޙުކުމް ތަންފީޛުކޮށް ނިމެންދެން، އޭނާގެ ކަންކަން ރަނގަޅަށް ބަލަހައްޓަންޖެހޭ ކަމަށެވެ. އަދި ވަޒީފާ އަދާކުރުމުގައި އިޙްލާސްތެރިކަމާއި ނަޒާހަތްތެރިކަމުގެ މުޙިއްމުކަމަށް އަލިއަޅުވާލައްވަމުން ކޮމިޝަނަރ ވިދާޅުވީ އެކުވެރީންގެ ކިބައިން ގޯސް ހުށަހެޅުމެއް އަންނަ ކަމުގައިވަނީނަމަ އެކަންކަމަށް ނޫނެކޭ ބުނަންޖެހޭ ކަމަށާއި ޤައުމީ ވާޖިބު އަދާކުރުމުގައި ފަސްނުޖެހި، ވަޒީފާއާއެކު ޙާވާލުވަނީ މުޙިއްމު މަސައްކަތެއްކަން ޤަބޫލުކުރައްވަން ޖެހޭކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ