logoEN
cocacola
ޤައިދީން ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހުމަކީ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް އޮތް ގޮންޖެހުމެއް - ޒަރީރު

ޤައިދީން ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހުމަކީ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް އޮތް ގޮންޖެހުމެއް - ޒަރީރު

އަހުމަދު ޝުރާއު

logo

8/30/2024, 3:30:08 PM

# މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

--

ޤައިދީން ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހުމަކީ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް އޮތް ގޮންޖެހުމެއް ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން މާފުށީ ޖަލުގައި ޤާއިމްކުރި ސަގާފީ ސެންޓަރު "ދިވެހި ސަގާފީ ގޯތި" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވުން ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ ޤައިދީންނަށް ގިނަ ދުވަހު ޖަލުގައި ހޭދަކުރަން ޖެހުމަކީ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް އޮތް ގޮންޖެހުމެއް ކަމަށާއި، އެހެންކަމުން އެންމެ އިސްކަމެއް ދެއްވަނީ ރިހިބިލިޓޭޓްކޮށްގެން އެމީހުން އަނބުރާ މުޖުތަމަޢުއަށް ނެރުމަށް ކަމަށެވެ.

އަދި މިހާރު ދުނިޔެ ޤަބޫލުކުރަނީ އަނިޔާވެރިކަމުގެ ބަދަލުގައި އިންސްޓިޓިއުޝަނަލް ރިހެބިލިޓޭޝަން ނުވަތަ ކޮމިއުނިޓީ ރިހެބިލިޓޭޝަން ކަމަށާއި ދައުލަތުގެ ވުޒާރާތަކުން ޤާނޫނީ ހަމަތަކުގެ މަތިން ބޭފުޅަކަށް ހުކުމްކޮށްފައި ޖަލަށް ލުމުން ޚަރަދު ކުޑަކުރުން ނޫންކަމެއްނުވާ ކަމަށްވެސް ޒަރީރު ވިދާޅުވިއެވެ.

އޭނާ ހުކުމް ތަންފީޛުކުރުމަށްފަހު ނުކުންނައިރު ރަނގަޅު ފަރުދެއްގެ ގޮތުގައި ނުނިކުންނަ ކަމަށާއި ޖަލުގައި ތިބި ޤައިދީންގެ ތެރެއިން 65 އިންސައްތަ ޤައިދީންނަކީ ތަކުރާރުކޮށް ކުށްކުރާ މީހުން ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.

މާފުށީ ޖަލުގައި އިފްތިތާޙްކުރި ދިވެހި ސަގާފީ ގޯތީގެ ބޭނުމަކީ ދިވެހި ޞަގާފަތް އާލާކޮށް ދިރުވުމުގެ އިތުރުން، ޖަލުގައި ޙުކުމް ތަންފީޛްކުރަމުންދާ ޤައިދީންނަށް ސަގާފީ މަސައްކަތްތައް ދަސްކޮށްދީ، ޤައިދީންގެ އުފެއްދުންތައް "ސަގާފީ ގޯތި" މެދުވެރިކޮށް ދައްކާލުމާއި، އެތަކެތި ވިއްކައިގެން އާމްދަނީއެއްވެސް ލިބުމިގެ ފުރުޞަތު ހޯދައިދިނުމެވެ.

ދިވެހި ސަގާފީ ގޯތި ފަރުމާކުރެވިފައިވަނީ އިހުގެ ދިވެހީންގެ އާދަކާދައާއި، ދިރިއުޅުމާއި މަސައްކަތްތައް ދައްކުވައިދޭ ގޮތަށެވެ.

މި ރަސްމިއްޔާތުގައި އެމްސީއެސްގެ އޮފިސަރުންނާއި މުވައްޒަފުން ދިވެހި ސަގާފީ ނެށުމުގެ އައިޓަމްތައް ހުށަހަޅާފައިވާއިރު، އަންހެން ޤައިދީންގެ އައިޓަމެއްވެސް ހުށަހަޅާފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ