logoEN
cocacola

ސީއާރުސީ އާއި އެމްޑަބުލިޔުއެސްސީ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް/ހުސެއިން

8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަން ގުރޫޕް އޭގައި މިރޭ ކަސްޓަމް ރެކްރިއޭޝަން ކުލަބް (ސީއާރުސީ) އާއި އެމްޑަބުލިޔުއެސްސީ ވާދަކުރި މެޗު ފަސޭހަކަމާއެކު 05-36 ގެ ތަފާތުބޮޑު ނަތީޖާއަކުން ސީއާރުސީން ކާމިޔާބުކޮށްފިއެވެ.

ގޮސިޔާ

މުބާރާތުގައި ސީއާރުސީ ކުޅުނު ފުރަތަމަ މެޗުގައި 35-19 ގެ ނަތީޖާއަކުން އިމިގްރޭޝަން އަތުން ބަލިވި ނަމަވެސް، ދެވަނަ މެޗުގައި އެޓީމުން ވަނީ 19-29 ގެ ނަތީޖާއަކުން ފިނޭންސް ބަލިކޮށްފައެވެ. އަދި އެމްޑަބުލިޔުއެސްސީގެ ފުރަތަމަ މެޗުގައި ފިނޭންސް އަތުން 39-07 ގެ ތަފާތުބޮޑު ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުގައި އިމިގްރޭޝަން އަތުން އެޓީމު ބަލިވީ 32-26 ގެ ނަތީޖާއަކުންނެވެ.

މިމެޗުގައި މޮޅަށް ކުޅެ ސީއާރުސީން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 20 ޕޮއިންޓްގެ ލީޑަކާއެކު 01-21 ގެ ތަފާތުބޮޑު ނަތީޖާއަކުން ސީއާރުސީ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރު 15 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އެމްޑަބުލިޔުއެސްސީއަށް ކާމިޔާބުކުރެވުނީ އެންމެ ހަތަރު ލަނޑެވެ.

އެގޮތުން މިމެޗުގައި ސީއާރުސީގެ އާމިނަތު ނަޒުރާ ހަތް ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އާމިނަތު ޝިއުރާ އަބްދުލް ބާރީ، އީނާ އަހުމަދު އަދި ޝީޒާ އިބްރާހިމް މިއިންވކޮންމެ ކުޅުންތެރިއަކު ފަސް ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ހައްވާ މުޒުނާ ވަނީ ހަތަރު ލަނޑު އަދި ލައުހާ ހުސެއިން ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ އާމިނަތު ޒީނާ އަދި ފާތުނަތު ޝުއާއު މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ހައްވާ ޒާހިރާ އަދި ފާތުމަތު ޝީއަތު ޝިހާބު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިމެޗުގައި އެމްޑަބުލިޔުއެސްސީގެ ފާތުމަތު ލީމް ރިޝާދު ތިން ލަނޑު ކާމިޔާބުކުރިއިރު އެޓީމުގެ އަނެއް ދެލަނޑު ކާމިޔާބުކޮށްދިނީ މަރިޔަމް ނާޝިޔާ އަހުމަދު އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީއާރުސީގެ އާމިނަތު ނަޒުރާ އެވެ.

މިނަތީޖާއެކު ކުޅުނު ތިން މެޗުން ސީއާރުސީއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި އެމްޑަބުލިޔުއެސްސީ ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ފުލުގައެވެ.

މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 20 ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ފަސް ޓީމު ހިމެނޭއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުތުސަތު ލިބިގެންދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ