logoEN
cocacola
ފިނޭންސް އަތުން މޮޅުވެ ވެމްކޯ އިން ކުއާޓާ ފައިނަލުގެ އުންމީދު ދަމަހައްޓައިފި

ފިނޭންސް އަތުން މޮޅުވެ ވެމްކޯ އިން ކުއާޓާ ފައިނަލުގެ އުންމީދު ދަމަހައްޓައިފި

ހަސަން ޝަމްއޫން

logo

8/30/2024, 1:15:00 PM

# އަންހެން ފުރަތަމަ ޑިވިޝަން# އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތް 2024# ދިވެހި ކުޅިވަރު # ހޭންޑްބޯލް މޯލްޑިވްސް

ވެމްކޯ އާއި ފިނޭންސް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް/ހުސެއިން

8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަން ގުރޫޕް އޭގައި މިއަދު ހަވީރު ވެމްކޯ އާއި މިނިސްޓްރީ އޮފް ފިނޭންސް ވާދަކުރި މެޗު 23-36 ގެ ނަތީޖާއަކުން ވެމްކޯ ކާމިޔާބުކޮށްފިއެވެ.

ގޮސިޔާ

މުބާރާތިގައި ވެމްކޯ އިން ކުޅުނު ފުރަތަމަ މެޗުގައި 26-20 ގެ ނަތީޖާއަކުން އެމްޕީއެލް އަތުން އެޓީމު ބަލިވިއިރު، ދެވަނަ މެޗުގައި އިމިގްރޭޝަން އަތުން އެޓީމު ބަލިވީ 26-32 ގެ ނަތީޖާއަކުންނެވެ. އަދި ފިނޭންސް ކުޅުނު ފުރަތަމަ މެޗުގައި އެމްޑަބްލިޔުއެސްސީ އަތުން ފަސޭހަކަމާއެކު 39-07 ގެ ތަފާތުބޮޑު ނަތީޖާއަކުން އެޓީމު މޮޅުވިއިރު، ދެވަނަ މެޗުގައި ކަސްޓަމް ރެކްރިއޭޝަންސް ކުލަބް (ސީއާރުސީ) އަތުން އެޓީމު ބަލިވީ 19-29 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ވެމްކޯއިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ނުވަ ލަނޑުގެ ލީޑަކާއެކު 11-20 ގެ ނަތީޖާއަކުން ވެމްކޯ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރު 16 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ފިނޭންސްއަށް ކާމިޔާބުކުރެވުނީ 12 ލަނޑެވެ.

އެގޮތުން މިމެޗުގައި ވެމްކޯގެ ފަތުމަތު ޖުނާ 13 ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އާމިނަތު ފަޒުލާ ވަނީ ނުވަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ ނަޒުމާ އަހުމަދު އަދި އާމިނަތު ޝުދާ މިއިން ކޮންމެ ކުޅުންތެރިއަކު ހަތަރު ލަނޑު ކާމިޔާބުކުރިއިރު، ފިރުޝާނާ ނަސީރު ތިން ލަނޑު، އަދި މަރިޔަމް މަލްސާ ޝަމީމް، އާމިނަތު ޝިޔާނާ މުހައްމަދު އަދި އައިޝަތު އިބާ އަހުމަދު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިމެޗުގައި ފިނޭންސްގެ އާމިނަތު ޝޫޒާ 11 ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އާމިނަތު ނަހީން އަހުމަދު ވަނީ ހަތް ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ ރިޒާނާ އަލީ ތިން ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ނަގުމާ އަބްދުލް ކަރީމް އަދި ފާތުމަތު ސަލާހާ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ފަތުމަތު ޖުނާ އެވެ.

މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 20 ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ފަސް ޓީމު ހިމެނޭއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުތުސަތު ލިބިގެންދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ