logoEN
cocacola
ފިޔަވަޅުތަކާއި އެކު ފާއިތުވި ހަމަހުގެ ތެރޭގައި 16 ބިލިއަން ރުފިޔާ ސަލާމަތްކުރެއްވިއްޖެ - ސައީދު

ފިޔަވަޅުތަކާއި އެކު ފާއިތުވި ހަމަހުގެ ތެރޭގައި 16 ބިލިއަން ރުފިޔާ ސަލާމަތްކުރެއްވިއްޖެ - ސައީދު

އަހުމަދު ޝުރާއު

logo

8/28/2024, 8:49:39 AM

# އެކޮނޮމިކް މިނިސްޓްރީ

--

ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއެކު މިއަހަރުގެ ހަމަސްދުވަހުގެ ތެރޭގައި 16 ބިލިއަން ރުފިޔާ ސަލާމަތްކުރެވިފައިވާކަމަށް އެކޮނިމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ސައީދު މިކަން ހާމަކުރެއްވީ ރޭ ދައުލަތުގެ މީޑިއާއިން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ސައީދު ވިދާޅުވީ ކުރީގެ ސަރުކާރުން މާލީ ނިޒާމު ބެލެހެއްޓުމުގައި ގޯސްތަކެއް ހަދުމުގެ ސަބަބުން އިޤުތިޞާދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. އޭގެ ތެރޭގައި 3 އަހަރު ތެރޭ 8 ބިލިއަން ރުފިޔާ ޗާޕުކޮށް،ކުރަން ނުޖެހޭ ޚަރަދުތަކެއް ކުރުމާއި، 5 އަހަރުތެރޭ ރާއްޖޭގެ ތާރީޚުގައި ނުއުފެއްދޭވަރުގެ ދަރަންޏެއް އުފެއްދުން ހިމެނޭކަމަށެވެ.

މިއާއި އެކު ވެރިކަމާއި ޑރ މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގެންނެވި އިރު މާލީ ގޮތުން ރާއްޖެ އޮތީ އިނދަޖައްސާލާފައި ކަމަށް ސައީދު ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއެކު މިއަހަރު މިހާތަނަށް 16 ބިލިއަން ރުފިޔާ ސަލާމަތްކޮށްފައިވާކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ ދަރަނި ދެއްކުމަށް އޮތް ސޮވެރިން ފަންޑުގައިވެސް މިހާރު 60 މިލިއަން ޑޮލަރު އެބަހުރި ކަމަށެވެ.

ރައީސް މުއިއްޒު ސަރުކާރާއި ހަވާލުވި އިރު އެފަންޑުގައި ހުރީ 2 މިލިއަން ޑޮލަރު ކަން ސައީދު ފާހަގަކުރެއްވި އެވެ.

ސައީދު އިތުރަށް ވިދާޅުވީ މިހާތަނަށް އެއްވެސް ދަރަންޏެއް ޑިފޯލްޓްވެފައި ނުވާ ކަމަށާއި، ސަރުކާރުން ދަރަނި އަދާކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މިހާރު ދައްކަމުންދާ ދަރަނިތަކަކީ ކުރީގެ ސަރުކާރުން ނަގާފައިވާ ދަރަނިތައް ކަމަށާއި، މިފަދަ ހާލަތެއް ތަކުރާރުވާން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފުރުސަތު ނުދެއްވާނެކަންވެސް ސައީދު ފާހަގަކުރެއްވި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ