logoEN
cocacola
ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތު މިނިސްްޓްރީގެ ދަށަށް!

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތު މިނިސްްޓްރީގެ ދަށަށް!

އަހުމަދު ޝުރާއު

logo

8/26/2024, 4:29:40 PM

# ހެލްތު މިނިސްޓްރީ

--

ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ހިންގުން މިނިސްޓްރީ އޮފް ހެލްތުއާއި ހަވާލުކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

ގޮސިޔާ

މިކަން ނިންމާފައިވަނީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގައި އެވެ.

ރައީސް އޮފީހުން ބުނޫ އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގައި ރައީސް ވަނީ "ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު" މިނިސްޓްރީ އޮފް ހެލްތުގެ މެންޑޭޓުގެ ތެރެއިން ހިންގަވާގޮތަށް ނިންމަވާފައިވާ ކަމަށެވެ.

ރައީސް މިގޮތަށް ނިންމަވާފައި ވަނީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހިންގުމާއި ބެލެހެއްޓުމުގެ ޒިންމާ ބަދަލުކުރުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން، ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

އަދި މިގޮތަށް ހަމަޖައްސަވާއިރު، އެ މަރުކަޒު ހިންގެވުމަށް ކަނޑައަޅުއްވާފައިވާ ބަޖެޓާއި، މަރުކަޒުގެ މަސައްކަތްތަކާ ހަވާލުވެ ތިއްބެވި މުވައްޒަފުން މިނިސްޓްރީ އޮފް ހެލްތުގެ ދަށަށް ބަދަލުކުރެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

މީގެ ކުރިން އެމަރުކަޒު ހިންގަމުން އައީ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުގެ ބެލުމުގެ ދަށުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ