logoEN
cocacola
އިތިއޯޕިއާގައި ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި 10 މީހުން މަރުވެއްޖެ

އިތިއޯޕިއާގައި ހިނގި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި 10 މީހުން މަރުވެއްޖެ

އަހުމަދު ޝުރާއު

logo

8/25/2024, 3:45:45 PM

# އިތިއޯޕިއާ

--

އިތިއޯޕިއާގެ އުތުރުގެ އަމްހާރާ ސަރަހައްދުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 10 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ބުނެފި އެވެ.

ގޮސިޔާ

އަމްހާރާ މީޑިއާ ކޯޕަރޭޝަން (އޭއެމްސީ) އިން ހޮނިހިރު ދުވަހު ލޯކަލް އެޑްމިނިސްޓްރޭޓަރު ޓެސްފަޔޭ ވޯކްނެހްއާ ހަވާލާދީ ބުނެފައި ވަނީ "ކާރިސާގައި 10 މީހުން މަރުވެފައިވާ" ކަމަށާއި މަޑިން ހަތަރު މީހެއްގެ ހަށިގަނޑު ނަގާފައިވާ ކަމަށެވެ.

އަމްހާރާގެ ނޯތު ގޮންޑާ ޒޯންގައި ހޮނިހިރު ދުވަހު ބިންގަނޑު ކަނޑައިގެން ދިޔައީ ކޮން ވަގުތެއްގައި ކަމެއް ނުވަތަ ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމެއް ރިޕޯޓުގައި ބުނެފައެއް ނުވެއެވެ.

މި ހާދިސާގައި އަށް މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބި ފަރުވާ ދެމުން އަންނަ ކަމަށް އެ ގައުމުގެ އޮފިޝަލަކާ ހަވާލާދީ އޭއެމްސީން ބުންޏެވެ.

އަދި މި ކާރިސާގެ ސަބަބުން 2400 އެއްހާ މީހުން ގެދޮރު ގެއްލި، މިހާރު ވެސް އެމީހުން ތިބީ ލޯކަލް އިޖުތިމާއީ މުއައްސަސާތަކުގައި ހިޔާވަހިކަން ހޯދާފައި ކަމަށް އެ ބަޔާނުގައި ވެ އެވެ.

މިއީ މޫސުމީ ވިއްސާރައިގެ ސަބަބުން އިތިއޯޕިއާގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސިލްސިލާ ހާދިސާތަކުގެ ތެރެއިން އެންމެ ފަހުގެ ހާދިސާއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ