logoEN
cocacola
އިތިއޯޕިއާގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއްގައި 200 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

އިތިއޯޕިއާގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއްގައި 200 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

އަހުމަދު ޝުރާއު

logo

7/23/2024, 6:36:25 PM

# އިތިއޯޕިއާ

--

އިތިއޯޕިއާގެ ދެކުނުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ދެ ހާދިސާއެއްގައި 200 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ގޮސިޔާ

ގޯފާ ޒޯންގެ ދުރު ސަރަހައްދަކަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފުރަތަމަ ބިންގަނޑު ކަނޑައިގެން ދިޔައީ މިދިޔަ ހޯމަ ދުވަހު ކަމަށާއި، އޭގެ ފަހުން ދެވަނަ ފަހަރަށް ބިންގަނޑު ކަނޑައިގެން ގޮސް އެހީއަށް އެއްވި މީހުންތަކެއް މަރުވެފައިވާ ކަމަށް އެގައުމުގެ ދައުލަތުގެ އޮފިޝަލުން އަންގާރަ ދުވަހުވަނީ ބުނެފައި އެވެ.

އެ ގައުމުގެ ކޮމިއުނިކޭޝަން އެފެއާޒް ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ ގޯފާ ޒޯންގެ ކެންޗޯ-ޝަޗާ އަވަށަށް އިއްޔެ ހިނގި މި ކާރިސާގައި 148 ފިރިހެނުންނާއި 81 އަންހެނުން މަރުވެފައިވާ ކަމަށެވެ.

ސަދަން ރީޖަނަލް ސްޓޭޓްގެ މަންދޫބު އަލެމަޔޭހޫ ބައުދީ ވަނީ މަރުވި މީހުންގެ އަދަދު ކަށަވަރުކޮށްދެއްވަމުން "ސާޗް އެންޑް ރެސްކިއު ގެ މަސައްކަތް ތައް ކުރިއަށްދާ" ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުގެ ހިއްސާ އޮންނަ އިތިއޯޕިއަން ބްރޯޑްކާސްޓިން ކޯޕަރޭޝަން (އީބީސީ) އިން މީގެ ކުރިން ބުނެފައި ވަނީ މަޑިން ފަސް މީހަކު ދިރިތިއްބާ ނަގައި، މެޑިކަލް ފެސިލިޓީތަކުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

ލޯކަލް އެޑްމިނިސްޓްރޭޓަރު ދަގެމާވީ އަޔެލޭއާ ހަވާލާދީ އެ ނޫހުގައި ބުނެފައި ވަނީ މަރުވި މީހުންގެ ތެރެއިން ގިނަ މީހުން ވަޅުލާފައި ވަނީ ފުރަތަމަ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ގެއްލުން ލިބުނު ގެއެއްގެ މީހުންނަށް އެހީވާން ދިއުމުން ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ