logoEN
cocacola
ކޭއާރްއެޗުގެ މުވައްޒަފުންނަށް ލީޑަރޝިޕް އެންހޭސްމެންޓު ޕްރޮގްރާމް ކުރިޔަށް ގެންގޮސްފި

ކޭއާރްއެޗުގެ މުވައްޒަފުންނަށް ލީޑަރޝިޕް އެންހޭސްމެންޓު ޕްރޮގްރާމް ކުރިޔަށް ގެންގޮސްފި

އަހުމަދު ޝުރާއު

logo

8/25/2024, 3:12:59 PM

# އެމްއެންޑީއެފް

--

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި، އެމްއެންޑީއެފް ދަ ބޭސިކް ސްކޫލު ގުޅިގެން ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން "ވީކް އެންޑް ވިތު އެމްއެންޑީއެފް - ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމް" ކުރިއަށްގެންގޮސްފިއެވެ.

ގޮސިޔާ

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒް، ޅ.މާފިލާފުށީގައި މި މަހުގެ 22 އިން 24 ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި އެ ހޮސްޕިޓަލުގެ 28 މުވައްޒަފުން ބައިވެރިވިއެވެ. މި ޕްރޮގްރާމަކީ ކޮމްޕެޓެޓިވް މިލިޓަރީ ސްޓައިލް ޕްރޮގްރާމެއްގެ ތެރެއިން، ލީޑަރޝިޕް އަދި ޝަހްސު ދެނެގަތުމާއި، މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން ހޯދައި ދެނެގަނެ، ޓީމް ސްޕްރިޓާއި ގުޅުން ހަރުދަނާކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެެވެ.

މި ޕްރޮގްރާމުގައި ބައިވެރިންނަށް ވަނީ ކޮމާންޑް ޓާސްކް، ފިޒިކަލް ޓްރެއިނިންގ، ފަޔަރ ފައިޓިންގ، ސްވިމިންގ އަދި އޮބްސްޓިކަލް ކޯސްގެ އިތުރުން ބައިވެރިންގެ ލީޑަރޝިޕް ހުނަރާއި ޓީމްވޯކް ރަނގަޅުކުރުމާއި އަދި ރިވެތި އަޚްލާޤުގެ ބައިތައް ކިޔަވައިދީފައިވެއެވެ. ޕްރޮގްރާމުގެ އޮބްޒާވަރެއްގެ ގޮތުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ޗީފް އެގްޒެކްޓިވް އޮފިސަރ، އަލްފާޟިލާ ނާޡިމާ ޢަލީ ވަނީ ޕްރޮގްރާމް ކުރިއަށްދިޔަ ގޮތް ބައްލަވާލައްވާފައެވެ.

ޕްރޮގްރާމުގެ ނިންމުމުގެ ރަސްމިއްޔާތު ހުކުރު ދުވަހުގެ ރޭ ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޕްރޮގްރާމުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އަޙްމަދު ބޫލާޤުއެވެ. މި ރަސްމިއްޔާތުގައި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ އަލްފާޟިލާ ނާޡިމާ ޢަލީއާއި އެމްއެންޑީއެފް ދަ ބޭސިކް ސްކޫލުގެ އެކްޓިންގ ކޮމާންޑިންގ އޮފިސަރ، މޭޖަރ އަޙްމަދު ޝަފީއުއާއި ދަ ބޭސިކް ސްކޫލާއި ނޮދަން އޭރިއާ ކޮމާންޑުގެ އޮފިސަރުންނާއި ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިންނާއި ޕްރޮގްރާމުގެ މުދައްރިބުންނާއި ބައިވެރިން ބައިވެރިވިއެވެ.

އެމްއެންޑީއެފުން ހިންގާ ވީކް އެންޑް ވިތު އެމްއެންޑީއެފް – ލީޑަރޝިޕް އެންހޭންސްމެންޓް ޕްރޮގްރާމަކީ އެމްއެންޑީއެފް ރޭންޖް އޮފް މިލިޓަރީ އޮޕަރޭޝަންސްގައި ހިމެނޭ "މިލިޓަރީ އެއިޑް ޓު ސިވިލް ސޮސައިޓީ"ގެ ދަށުން ސިވިލް ސޮސައިޓީއާއި އެމްއެންޑީއެފާ އޮންނަ ގުޅުން ރަނގަޅުކުރުމަށާއި އިޖުތިމާޢީ މަސައްކަތްތަކުގައި ސިވިލް ސޮސައިޓީގެ އެއްބާރުލުން އިތުރުކުރުމުގެ މަގުސަދުގައި ހިންގޭ ޕްރޮގްރާމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ