logoEN
cocacola
ތަފާތުބޮޑު ނަތީޖައަކުން އެމްޑަބުލިޔުއެސްސީ ބަލިކޮށް އެމްޕީއެލް އެއްވަނައަށް

ތަފާތުބޮޑު ނަތީޖައަކުން އެމްޑަބުލިޔުއެސްސީ ބަލިކޮށް އެމްޕީއެލް އެއްވަނައަށް

ހަސަން ޝަމްއޫން

logo

8/26/2024, 1:00:00 PM

# ދިވެހި ކުޅިވަރު # އަންހެން ފުރަތަމަ ޑިވިޝަން# ހޭންޑްބޯލް މޯލްޑިވްސް# އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތް 2024

އެމްޑަބުލިޔުއެސްސީ އާއި އެމްޕީއެލް ވާދަކުރި މެޗުގެ ތެރެއިން ފޮޓޯ: ގާފު ސްޕޯޓްސް/ހުސެއިން

8 ވަނަ މައިލޯ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަނުގައި މިރޭ އެމްޑަބުލިޔުއެސްސީ އާއި އެމްޕީއެލް ވާދަކުރި މެޗު ފަސޭހަކަމާއެކު 08-48 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް އެމްޕީއެލް އިން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށްޖެހިލައިފިއެވެ.

ގޮސިޔާ

މުބާރާތުގައި އެމްޑަބްލިޔުއެސްސީ ކުޅުނު ފުރަތަމަ މެޗުގައި ފިނޭންސް އަތުން 39-07 ގެ ތަފާތުބޮޑު ނަތީޖާއަކުން އެޓީމު ބަލިވެފައިވާއިރު، އެމްޕީއެލްގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ ވާދަވެރި ކުޅުމަކަށްފަހު 20-26 ގެ ނަތީޖައަކުން ވެމްކޯ ބަލިކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި އެމްޕީއެލްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 23 ލަނޑުގެ ފަރަގަކާއެކު 03-26 ގެ ތަފާތުބޮޑު ނަތީޖާއަކުން އެމްޕީއެލް ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރު 25 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އެމްޑަބްލިޔުއެސްސީއަށް ކާމިޔާބުކުރެވުނީ ފަސް ލަނޑެވެ.

އެގޮތުން މިމެޗުގައި އެމްޕީއެލްގެ ޚަދީޖާ އަހުމަދު 17 ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ޒުހާ ހުސެއިން ވަނީ 12 ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ ފާތުމަތު ނުއިޝާ ވަނީ ނުވަ ލަނޑު ކާމިޔާބުކުރިއިރު، އައިޝަތު ސަލީމާ ހަތަރު ލަނޑު އަދި މަރިޔަމް ނިޔާޝާ ތިން ލަނޑު ވަނީ ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ ފާތުމަތު އުސާމާ، އަފާ އިސްމާއިލް އަދި ކީޕަރު ފާތިމަތު ޖޫޒަން ޒަރީރު މިއިން ކޮންމެ ކުޅުބްތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިމެޗުގައި އެމްޑަބުލިޔުއެސްސީގެ ފާތިމަތު ލީމް ފަސް ލަނޑު ކާމިޔާބުކުރިއިރު، މަރިޔަމް ނާޝިއާ އަހުމަދު ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓިމުގެ އަނެއް ލަނޑު ރައުފާ މުހަންމަދު ކާމިޔާބުކުރިއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްޕީއެލްގެ ޚަދީޖާ އަހުމަދު އެވެ.

މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަނުގައި ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، އޭގެތެރޭގައި ހިމެނެނީ އެމްޑަބުލިޔުއެސްސީ، ވެމްކޯ، އެމްޕީއެލް، މޯލްޑިވްސް ކަސްޓަމްސް، މޯލްޑިވްސް އިމިގްރޭޝަން އަދި މިނިސްޓްރީ އޮފް ފިނޭންސް އެވެ.

މީގެ އިތުރުން މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ