logoEN
cocacola
ވާދަވެރި ކުޅުމަކަށްފަހު ފިނޭންސް ބަލިކޮށް ސީއާރުސީ އިން އުންމީދު އައުކޮށްފި

ވާދަވެރި ކުޅުމަކަށްފަހު ފިނޭންސް ބަލިކޮށް ސީއާރުސީ އިން އުންމީދު އައުކޮށްފި

ހަސަން ޝަމްއޫން

logo

8/25/2024, 6:23:45 PM

# އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތް 2024# ހޭންޑްބޯލް މޯލްޑިވްސް# އަންހެން ފުރަތަމަ ޑިވިޝަން# ދިވެހި ކުޅިވަރު

ސީއާރުސީ އާއި ފިނޭންސް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް/ ހުސެއިން

8 ވަނަ މައިލޯ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަނުގައި މިރޭ ކަސްޓަމް ރެކްރިއޭޝަންސް ކުލަބް (ސީއާރުސީ) އާއި މިނިސްޓްރީ އޮފް ފިނޭންސް ވާދަކުރި މެޗު, 19-29 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ސީއާރުސީ މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ގޮސިޔާ

މުބާރާތުގައި ފިނޭންސް ކުޅުނު ފުރަތަމަ މެޗުގައި އެމްޑަބްލިޔުއެސްސީ އަތުން ފަސޭހަކަމާއެކު 39-07 ގެ ތަފާތުބޮޑު ނަތީޖާއަކުން އެޓީމު މޮޅުވެފައިވާއިރު، ސީއާރުސީގެ ފުރަތަމަ މެޗުގައި އިމިގްރޭޝަން އަތުން އެޓީމު ބަލިވީ 19-35 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެލަނޑުގެ ލީޑަކާއެކު 11-13 ގެ ނަތީޖާއަކުން ސީއާރުސީ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ އެޓީމުން އިތުރު 16 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ފިނޭންސްއަށް ކާމިޔާބުކުރެވުނީ އަށް ލަނޑެވެ.

އެގޮތުން މިމެޗުގައި ސީއާރުސީގެ އާމިނަތު ޝިއުރާ އަބްދުލް ބާރީ، އާމިނަތު ނަޒުރާ އަދި ޝީޒާ އިބްރާހިމް މިއިން ކޮންމެ ކުޅުންތެރިއަކު ހަ ލަނޑު ކާމިޔާބުކުރިއިރު، އީނާ އަހުމަދު އަދި ލައުހާ ހުސެއިން މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ ހައްވާ ޒާހިރާ ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ހައްވާ މުޒުނާ އެވެ.

މީގެ އިތުރުން މިމެޗުގައި ފިނޭންސްގެ އާމިނަތު ޝޫޒާ 11 ލަނޑުޖެހިއިރު، އެޓީމުގެ ރިޒާނާ އަލީ ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އެޓީމުގެ އާމިނަތު ނަހީން އަހުމަދު އަދި ޝާލިޔާ އަހުމަދު މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސީއާރުސީގެ އާމިނަތު ޝިއުރާ އަބްދުލް ބާރީ އެވެ.

މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަނުގައި ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، އޭގެތެރޭގައި ހިމެނެނީ އެމްޑަބުލިޔުއެސްސީ، ވެމްކޯ، އެމްޕީއެލް، މޯލްޑިވްސް ކަސްޓަމްސް، މޯލްޑިވްސް އިމިގްރޭޝަން އަދި މިނިސްޓްރީ އޮފް ފިނޭންސް އެވެ.

މީގެ އިތުރުން މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ