logoEN
cocacola
މަތީ ތަޢުލީމް ޙާޞިލްކުރުމުގައި އާބަން ޑިވޮލޮޕްމަންޓް މުހިންމު: އާދަމް ޝަރީފު

މަތީ ތަޢުލީމް ޙާޞިލްކުރުމުގައި އާބަން ޑިވޮލޮޕްމަންޓް މުހިންމު: އާދަމް ޝަރީފު

އަހުމަދު ޝުރާއު

logo

8/24/2024, 6:26:38 AM

# އާދަމް ޝަރީފް އުމަރު

--

މަތީ ތަޢުލީމް ޙާޞިލްކުރުމުގައި އާބަން ޑިވޮލޮޕްމަންޓް މުހިންމު ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ވަޒީރު މިފަދައިން ވިދަާޅުވީ ވިލާ ހައި ސުކޫލުގެ 2024 ވަނަ އަހަރުގެ އިނާމުދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތުގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި ޓެކްނޮލޮޖީ ނުވަތަ ފަންނިއްޔާތުގެ ސަބަވުން މި އައި ކުރިއެރުންތަކާއެކު ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމުގައި އޭގެ ފަސޭހަކަން ކިޔެވުމުގައި ބޭނުންކުރަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ކިޔެވުގައި މަސައްކަތްތެރިކަމުގެ ކޮންމެވެސް ރޮނގަކުން ކޮންމެ ކުއްޖަކު ވެސް ދަސްވެނިވުން މުހިންމު ކަމަށް އެ ވަޒީރު ވިދާޅުވިއެވެ.

އަދި ކިޔެވުމުގެ ރާސްތާ ފަށައިގަންނަންވީ ދިރިއުޅުން އާރާސްތު ކުރެވިދާނެ ކޮތަކަށްތޯ، ނުވަތަ އިހުގެ މީހުން ދަސްކުރި އެއްޗެހި ރިޕީޓުކުރާނީތޯ ސުވާލު އުފައްދަވައިފައި ވެސް ވެއެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީގައި އަޅުގަނޑުމެންގެ ތަރައްޤީއަކީ ކޮބައިތޯ ވެސް އައްސަވައި ސުވާލުކުރެއްވިއެވެ.

ރޭ ޣިޔާޘުއްދީން އިންޓަރނޭޝަލް ސުކޫލުގެ ހޯލުގައި އޮތް މި ޖަލްސާގައި ވަޒީރު ދެއްކެވި ވާހަކަފުޅުގައި ކޮންމެ ދުވަހަކު ރާއްޖޭގައި ވެސް ބޭނުން ނުވާ އެތައް ސިފަތަކެއް ފެންނަ ކަން ޤަބޫލުކުރަން ޖެހޭ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

2024 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމަށް ވިލާ ހައި ސުކޫލުން ބޭއްވި މި ރަސްމިއްޔާތުގައި ވަޒީރު ވަނީ " ޕެއަރސަން ޑިޕޮލޮމާ ލެވެލް 3" ވިލާ ކޮލެޖުން ދެމުން އަންނަ މަތީ ތަޢުލީމުގެ ތެރޭގައި ހިމެނުމުން އެ ކަމަށް ޓަކައި ވިލާ ކޮލެޖަށް މަރުޙަބާ ދަންނަވައިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ