logoEN
cocacola
ޕީޖީގެ މަގާމުން ޝަމީމް އިސްތިއުފާދެއްވައިފި

ޕީޖީގެ މަގާމުން ޝަމީމް އިސްތިއުފާދެއްވައިފި

އަހުމަދު ޝުރާއު

logo

8/22/2024, 4:30:16 PM

# ޕީޖީ އޮފީސް

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުން ހުސައިން ޝަމީމް އިސްތިއުފާ ދެއްވައިފި އެވެ.

ގޮސިޔާ

ޝަމީމް އިސްތިއުފާދެއްވިކަން އެއޮފީހުގެ އިސް އޮފިޝަލަކުވެސް ދަނީ ދާދި ދެންމެ އަކު ގާފު ނޫހަށް ކަށަވަރުކޮށްދެއްވާފައި އެވެ.

ޝަމީމް އިސްތިއުފާ ދެއްވީ މަގާމުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގައި މިރޭ ވޯޓަށް އަހަން ޖަލްސާ ކުރިއަށްދަނިކޮށެވެ.

ޕީޖީ އޮފީހުން ބުނީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަޤާމު ހުސްވުމާ ގުޅިގެން، ޕްރޮސިކިއުޓާ ޖެނެރަލްގެ މަސްޢޫލިއްޔަތުތަކާ މިހާރު ހަވާލުވެވަޑިގެން ހުންނެވީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް މަޙްމޫދް ސަލީމް ކަމަށެވެ.

ޕީޖީ ޝަމީމް ވަކިކުރުމަށް 20 ވަނަ މަޖިލީހަށް މައްސަލަ ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދުއެވެ. އެ މައްސަލަ ޖުޑީޝަރީ ކޮމިޓީން ދިރާސާކުރި އިރު، މިއަދު ކޮމިޓީއަށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ޝަމީމަށް ދީފައިވެއެވެ. ޝަމީމް ހާޒިރުވެ ކުރިއަށް ގެންދިޔަ ކޮމިޓީ ބައްދަލުވުން ވަނީ ސިއްރުކޮށްފަ އެވެ. ޖަވާބުދާރީވުމަށް ދިން ފުރުސަތަށްފަހު ޝަމީމް މަގާމުން ވަކިކުރުމަށް ކޮމެޓީއިން ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާފައި އެވެ.

ޝަމީމްގެ އިސްތިއުފާގެ ސިޓީއާއި ގުޅޭގޮތުން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އިސްތިއުފާގެ ސިޓީގައި ޝަމީމް އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަން އާންމުކޮށް އިއުލާނު ކުރައްވައި، އެ ކަންކަމަށް އޭނާ ދޭން އޮތް ޖަވާބު، އާންމުންނަށް ނުއިވޭ ގޮތަށް ސިއްރުކުރުމަކީ، އަދުލް އިންސާފުގެ ހަމަތަކާއި ނެޗުރަލް ޖަސްޓިސްގެ އުސޫލުތަކާ ވެސް ހިލާފު ކަމެއް ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އިސްތިއުފާ ދެއްވީ އެކަންކަމާއި އިހުތިޖާޖް ކުރުމުގެ ގޮތުން ކަމަށްވެސް ސިޓީގައި ހާމަކުރައްވާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އިތުރު ތަފްސީލް އަންނަނީ ..

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ