logoEN
WAMCO TOP 1
ތުޅާދޫ ފުޓްސަލް ދަނޑު ބޮޑު ކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށަނީ

ތުޅާދޫ ފުޓްސަލް ދަނޑު ބޮޑު ކުރުމުގެ މަސައްކަތް އަންނަ އަހަރު ފަށަނީ

އަހުމަދު ޝުރާއު

logo

8/22/2024, 10:20:14 AM

# ބ ތުޅާދޫ

--

ކ. ތުޅާދޫގެ ފުޓްސަލް ދަނޑު ބޮޑުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދަވާނެކަމަށް، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.

THE TRAVELLER AD

ކ. ތުޅާދޫ ކައުންސިލުން ކުރިއަށްގެންދިޔަ ތުޅާ ފުޓްސަލް ޗެލެންޖު 2024 ނިމުމުގެ ރަސްމިއްޔާތުގައި ވަޒީރު ރާފިޢު ވަނީ ތުޅާދޫ ޒުވާނުންގެ އެންމެ ބޮޑު ޝަކުވާއަކަށްވެފައިވާ ތުލުސްދޫ ފުޓްސަލް ދަނޑަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައއިދެއްވާނެކަމަށް ވިދާޅުވެފަ އެވެ.

އެރަށުގެ ރައްޔިޔުންނާ ވާހަކަދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ އެރަށުގެ ޒުވާނުންނާއި، ރައްޔިތުންނާއި، ކައުންސިލްގެވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ފުޓްސަލް ދަނޑުގައި ޖާގަ ކުޑަވުމުން އެތަނުގައި އެކި އެކި މުބާރާތްތައް ބޭއްވުމަށް ދިމާވެފައިވާ އުނދަދޫތަކެވެ.

މިކަމަށް ހައްލެއް ހޯދައިދެއްވާނެކަން ހާމަކުރައްވަމުން ތުޅާދޫ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ފުޓްސަލް ދަނޑު ބޮޑު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެކަމަށެވެ.

ތުޅާދޫގައި ފުޓްސަލް ދަނޑު ތަރައްޤީކޮށްފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި އެވެ.

ކޮމެންޓް
ފަހުގެ
HDC