logoEN
PNC TOP 3
ބޮސްނިއާގެ ސްކޫލެއްގައި ދިން ބަޑީގެ ހަމަލާއެއްގައި ތިން މަރު!

ބޮސްނިއާގެ ސްކޫލެއްގައި ދިން ބަޑީގެ ހަމަލާއެއްގައި ތިން މަރު!

އަހުމަދު ޝުރާއު

logo

8/21/2024, 5:45:52 PM

# ބޮސްނިއާ

--

ބޮސްނިއާގެ ހުޅަނގު އުތުރުގެ ސްކޫލަކަށް ދިން ބަޑީގެ ހަމަލާއެއްގައި ތިން މުވައްޒަފަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

PNC MID 2

ބުދަ ދުވަހުގެ ބަޑީގެ ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސަންސްކީ މޯސްޓް ހައި ސްކޫލް ސެންޓަރުގެ ޕްރިންސިޕަލާއި ސެކްރެޓަރީ އަދި ޓީޗަރެއް ވެސް ހިމެނޭ ކަމަށް އިންޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު އަދުނާން ބެގަނޯވިޗް އަލްޖަޒީރާއަށް ވިދާޅުވި އެވެ.

މިހާދިސާ ހިންގާފައި ވަނީ އެގައުމުގެ ގަޑިން މިއަދު ހެނދުނު 10:15 ހާއިރު އެވެ. ރޮއިޓާސް ނިއުސް އެޖެންސީން ފުލުހުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަަމަލާދިން މީހާއަކީ އެ ސްކޫލް މުވައްޒަފެކެވެ.

ހާދިސާ ހިނގި ސަންސްކީ މޮސްޓް އަވަށަކީ ވެރިރަށް ސަރަޖޭވޯގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 200 ކިލޯމީޓަރު (124 މޭލު) ދުރުގައި އޮންނަ އަވަށެކެވެ.

ހޫނު މޫސުމުގެ ޗުއްޓީއަށް ބޮސްނިއާގެ ސްކޫލްތައް ބަންދުކޮށްފައިވާއިރު ހާދިސާ ހިނގި ވަގުތަކީ ރިއަށް އޮތް ދިރާސީ އަހަރަށް ތައްޔާރުވުމަށް ޓީޗަރުން ސްކޫލުގައި ބައްދަލުވުމެއް ބާއްވަމުން ދިޔަ ވަގުތެއް ކަމަށް ރިޕޯޓުތައް ބުނެއެވެ,

އިންޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު އަދުނާން ބެގަނޯވިޗް, ނޭޝަނަލް ރޭޑިއޯއަށް ދިން އިންޓަވިއުއެއްގައި ބުނީ އެ މީހާ "އަސްކަރީ ފިސްތޯލައަކާއި އޮޓޮމެޓިކް ރައިފަލެއް ބޭނުންކޮށްގެން ސްކޫލުގެ ތިން މުވައްޒަފަކު މަރާލައި އަމިއްލައަށް މަރުވާން މަސައްކަތް ކުރި" ކަމަށެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC