logoEN
cocacola
ކަނޑުއޮތްގިރި ސިފައިންގެ ބޭނުމަށް އެމްއެންޑީއެފަށް ދީފި

ކަނޑުއޮތްގިރި ސިފައިންގެ ބޭނުމަށް އެމްއެންޑީއެފަށް ދީފި

އަހުމަދު ޝުރާއު

logo

8/21/2024, 11:14:26 AM

# އެމްއެންޑީއެފް# ފިޝަރީޒް މިނިސްޓްރީ

--

މިފްކޯއިން މަސްވެރިކަމުގެ ފެކްޓަރީއެއް ހިންގަމުން ދިޔަ ކަނޑުއޮތްގިރި މޯލްޑިވްސް ނެޝަނަލް ޑިފެންސްފޯސްއަށް ދީފި އެެވެ.

ގޮސިޔާ

މިކަނާ ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްއެވެ. އެގޮތުން ޝިޔާމް ވިދާޅުވީ ކަނޑުއޮތްގިރި ސިފައިންގެ ބޭނުމަށް އެމްއެންޑީއެފްއާއި ހަވާލުކޮށްފައިވަނީ މިހިނގާ އޮގަސްޓު މަހުގެ 4 ވަނަ ދުވަހު ކަމަށެވެ.

ޝިޔާމް ވިދާޅުވީ ސިފައިންނަށް އެރަށް ދީފައިވަނީ ކަނޑުއޮތްގިރީގައި ކަންނެލީގެ މަސްވެރިކަމަށް ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ޓަކައި ހޭދަތަކެއް ކުރެވި ގިނަ މަސައްކަތްތަކެއް ކުރެވިގެން ދިޔަކަމަށާއި ދިގު މުއްދަތަކަށް އެ މަސައްކަތްތައް ކުރެވުނު ނަމަވެސް އެދެވޭ ހައްލެއް ލިބިފައި ނުވުމުން ކަމަށެވެ. އަދި މި ބަދަލާއި އެކު އެޗްޑީސީ މެދުވެރިކޮށް ހުޅުމާލޭ ބަނދަރުން ކަންނެލި މަސްވެރިންނަށް ހައްލެއް ލިބިގެންދާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވެފައެވެ.

އެގޮތުން ސިފައިން ހުޅުމާލޭގައި ބޭނުންކުރަމުން ދިޔަ ޖެޓީ މަސްވެރިކަމުގެ ބޭނުމަށް ލިބިގެންދާނެ ކަމަށް އިޝާރާތްކުރައްވައި ޝިޔާމް ވިދާޅުވީ މި ބަދަލާއި އެކު ކަންނެލި މަސްވެރިންނަށާއި މަސްވެރިކަމުގެ ސިނާއަތަށް ހެޔޮ ބަދަލަކަށް ވާނެ ކަމަށެވެ. އެގޮތުން ކަންނެލި މަހުގެ އެކްސްޕޯޓް ކުރާ ފަރާތްތަކަށް އެ މާހައުލު ރަނގަޅު މާހައުލަކަށް ވެގެންދާނެ ކަމުގެ ޔަޤީންކަން ޝިޔާމް ވަނީ ދެއްވާފައެވެ.

ހުޅުމާލޭ ފޭސް 1 ގައި މަސްވެރިންގެ ޖެޓީއާއި ޖެހިގެން އޮންނަ ޖެޓީ ބޭނުންކުރަމުން ދަނީ އެމްއެންޑީއެފްގެ ކޯސްޓުގާޑުގެ ބޭނުމަށް ޝިޕްޔާޑެއްގެ ގޮތުގައި އެވެ. ބެލެވޭ ގޮތުގައި މި ޝިޕްޔާޑު ދެން ބަދަލުކުރާނީ ކަނޑުއޮތްގިރިއަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ