logoEN
cocacola
'ކޮފްސީ" ރާއްޖެ އެތެރެކުރުމާއި ބޭނުން ކުރުން މަނާކޮށްފި

'ކޮފްސީ" ރާއްޖެ އެތެރެކުރުމާއި ބޭނުން ކުރުން މަނާކޮށްފި

އަހުމަދު ޝުރާއު

logo

8/19/2024, 4:41:49 PM

# އެމްއެފްޑީއޭ

--

ރޯގާ އާއި ކެއްސުމަށް ބޭނުން ކުރަމުންދާ "ކޮފްސީ ސިރަޕް" ބޭހުގައި ކޮލެޓީގެ މައްސަލައެއް ފާހަގަކުރެވިފައިވާތީ، މިބޭސް އެތެރެކުރުމާއި ވިއްކުމާ އަދި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

ގޮސިޔާ

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އާއްމުކުރި އިއުލާންގައި ބުނެފައިވަނީ ކޮފްސީ (100 އެމްއެލް) ސިރަޕްގައި ކުނޑި ކޮޅުތަކެއް ހުންނަކަން ފާހަގަވެ، ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އިތުރަށް ބެލުމުގެ މަސައްކަތް އެއޮތޯރިޓީން ކުރަމުން ގެންދާކަމަށެވެ.

އަދި ދިމާވެފައި މައްސަލަ އެއޮތޯރިޓީ އިން ބެލުމަށްފަހު ވަކި ގޮތެއް އަންގަންދެން މިޕްރޮޑަކްޓް ރާއްޖެ އެތެރެ ކުރުމާއި، ވިއްކުމާއި އަދި ބޭނުން ކުރުމަކީ މަނާކަމެއް ކަމަށެވެ.

މިކަމާގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން އެއޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅުމަށްވެސް އެ އޮތޯރިޓީންވަނީ އެދިވަޑައިގެންފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ