logoEN
cocacola
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު އަންނަ އަހަރުގެ މޭ މަހު ހުޅުމާލޭގައި

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު އަންނަ އަހަރުގެ މޭ މަހު ހުޅުމާލޭގައި

އަހުމަދު ޝުރާއު

logo

8/19/2024, 5:20:52 AM

# އެކޮނޮމިކް މިނިސްޓްރީ

--

ދިވެހި އުފެއްދުންތައް އިތުރުކޮށް ވިޔަފާރި ފުޅާކުރުމުގެ މަޤްޞަދުގައި "ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025" ގެ ނަމުގައި މަޢުރަޒެއް ބޭއްވުމަށް ނިންމައިފިއެވެ.

ގޮސިޔާ

އެކޮނޮމިކް މިނިސްޓްރީއިން ބުނީ މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ މޭ މަހުގެ 23 އިން 31 އަށް ހުޅުމާލޭގައި ކަމަށެވެ.

ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް ވިޔަފާރި ފުޅާ ކުރުމުގެ މަޤްޞަދުގައި، ވިޔަފާރިއާއި އުފެއްދުންތެރިކަމަށް އަމާޒުކޮށް މަޢުރަޒެއް ބޭއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ މިއަހަރުގެ މެއި މަހުގެތެރޭގައެވެ.

މި މަޢުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަން ހަމަޖެހިފައިވަނީ އަމިއްލަ ފަރުދުންނާއި، ކުންފުނިތަކާއި ވިޔަފާރިތަކާއި، ރަށްރާށާއި، ސިޓީތަކާއި، ތަޢުލީމުދޭ މަރުކަޒުތަކާއި އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށެވެ. މައުރަޒުގައި 81 ގިންތިއަކުން ވާދަކުރުމަށް ހުޅުވާލަން ވަނީ ހަމަޖެހިފައެވެ. މިހާރުވަނީ މި ގިންތިތަކުގެ ތަފްޞީލާއި މަޢުރަޒާއި ގުޅުން ހުރި ކަންކަމުގައި ޢަމަލު ކުރާނެގޮތުގެ ޢުޞޫލު ގެޒެޓުކޮށްފައެވެ. އަދި މަޢުރަޒުގައި ބައިވެރިވުމުގެ މުއްދަތާއި ބައިވެރިވުމަށް ޢަމަލުކުރަންޖެހޭ ގޮތްތައް ވަރަށް އަވަހަށް އިޢުލާންކުރެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މި މަޢުރަޒަކީ ވާދަވެރި މާޙައުލެއްގައި ބާއްވާ މަޢުރަޒަކަށް ހެދުމަށްޓަކައި، އެކި ދާއިރާތަކުން ވާދަކުރެވޭގޮތަށް ކުރިއަށް ގެންދެވުމަށްޓަކައި މަޢުރަޒުގައި ކްރިއޭޓިވް އިކޮނޮމީ ޑިސްޓްރިކްޓަކާއި، ޑިޖިޓަލް އެންޑް އިނޮވޭޓިވް ޑިސްޓްރިކްޓަކާއި، އެންޓަރޓެއިންމަންޓް ޑިސްޓްރިކްޓަކާއި އަދި މާރކެޓް ޕްލޭސް ޑިސްޓްރިކްޓެއް ހިމެނޭނެއެވެ. އާ ޢީޖާދުތައް އުފެއްދުމަށް ހިތްވަރުދިނުމުގެ ގޮތުން އެފަދަ ޢީޖާދުތައް ކުރާ ފަރާތްތަކަށް ކަނޑައެޅޭ އުސޫލެއްގެ ތެރެއިން ރިސާރޗް ގްރާންޓް ފަންޑުން އެހީތެރިކަން ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ ބައިވެރިންނަށް މައުރަޒުގައި ބައިވެރިވުމަށް ފުރުޞަތު ދީ، އެކި ޤައުމުތަކުގެ ޢީޖާދީ މަސައްކަތްތައް ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ހުޅުމާލެ ސެންޓްރަލް ޕާކްގައި ބާއްވާ މި މަޢުރަޒަކީ މަސައްކަތްތެރިންގެ ހުނަރު ކުރިއަރުވައި ތަރައްޤީކުރުމަށް ބާރުއަޅައި، ދިވެހިންގެ ހުނަރުވެރި އުފެއްދުންތައް އެއްތާކުން ފެންނާނެ އިންތިޒާމު ހަމަޖެއްސުމަށް ބާއްވާ މަޢުރަޒެކެވެ. މި މަޢުރަޒު އިންތިޒާމްކޮށް ހިންގުމަށް ހަމަޖެހިފައިވަނީ އިޤްތިސާދީ ތަރައްޤީ އާއި ވިޔަފާރި އާއި ބެހޭ ވުޒާރާ އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ