logoEN
cocacola
ލޭނު މަސްވެރިކަމަށް ހުޅުވާލުމަކީ ޒިންމާދާރުކަން ކުޑަ ނިންމުމެއް - ޝާހިދު

ލޭނު މަސްވެރިކަމަށް ހުޅުވާލުމަކީ ޒިންމާދާރުކަން ކުޑަ ނިންމުމެއް - ޝާހިދު

އަލްފާ އަލީ

logo

8/17/2024, 1:42:29 PM

# ލޭނު މަސްވެރިކަން

އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ރާއްޖޭގައި ލޭނު މަސްވެރިކަމަށް ހުއްދަ ދިނުމަށް ސަރުކާރުން ނިންމި ނިންމުމަކީ ޒިންމާދާރުކަން ކުޑަ ނިންމުމެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ރާއްޖޭގައި މަނާކޮށްފައިވާ ލޭނު މަސްވެރިކަން ހުއްދަކުރުމަށް ފިޝަރީޒް މިނިސްޓްރީން މިހާރު ވަނީ ގަވާއިދެއް އެކުލަވާލައި އާއްމުންގެ ހިޔާލަށް ހުޅުވާލާފައެވެ.

އެކްސްގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި އަބްދުالله ޝާހިދު ވިދާޅުވީ, ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ މައިގަނޑު އެއް އަސާސްކަމަށްވާ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުން ދޫކޮށްލަން ސަރުކާރުން ނިންމުމުން ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. އަދި ލޭނު މަސްވެރިކަން މަނާކޮށްފައި އޮތް އޮތުން އުވާލައި, މިޔަރު މަސްވެރިކަން ކުރެވޭގޮތަށް ލޭނު މަސްވެރިކަމަށް ހުއްދަ ދޭން ނިންމުމަކީ ސަރުކާރުން ނިންމި ޒިމާދާރުކަންކުޑަ ނިންމުމެއް ކަމަށެވެ. އަދި އެއީ އެމްޑީޕީ ސަރުކާރުގައި ލޭނު މަސްވެރިކަން މަނާކޮށްފައި އޮތުމުން ލިބުނު ފައިދާތައް ނެތިކޮށްލާނެ ކަމެއް ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށާއި، ބައިނަލްއަގްވާމީ ގޮތުން ރާއްޖެއަށް ލިބިފައިވާ ޝަރަފާއި ލީޑާޝިޕަށް ނުރައްކާވާނެ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ. އެހެންކަމުން އެ ނިންމުން ބަދަލުކޮށް ރައްޔިތުންގެ މަސްލަހަތުގައި މަސައްކަތް ކުރުމަށް ޝާހިދު ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ފިޝަރީޒް މިނިސްޓްރީން މިހާރު އާއްމުކޮށްފައިވާ ގަވާއިދަށް ބަލާއިރު, ލޭނު މަސްވެރިކަން ކުރުމަށް ހުޅުވާލުމުން އޮޅިގެން ލޭނުގައި ޖެހި މަރުވާ މިޔަރުތައް ހުއްދަ އޮންނަ ބަޔަކަށް އޮންނަ އުސޫލުގެ ތެރެއިން ޕްރޮސެސްކޮށް އެކްސްޕޯޓްކުރުމުގެ ހުއްދަވެސް ލިބިގެންދާނެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ