logoEN
cocacola
ގއ އަތޮޅުގެ 41 އިންސައްތަ މަސްވެރިން ދަފްތަރުކޮށްފި

ގއ އަތޮޅުގެ 41 އިންސައްތަ މަސްވެރިން ދަފްތަރުކޮށްފި

އަހުމަދު ޝުރާއު

logo

8/16/2024, 9:55:55 AM

# މަސްވެރިން

--

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގެ "ހަފުތާ 14" ގައި ވާގޮތަށް، މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ގއ އަތޮޅުގެ ގިނަ އަދަދެއްގެ މަސްދޯނިތަކުގެ މަސްވެރިން ދަފްތަރު ކުރެވިފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީއިން ބުނެއެވެ.

ގޮސިޔާ

އެމިނިސްޓްރީއިން މިއަދު ބުނީ މަސްވެރިންގެ ދަފްތަރުގައި މަސްވެރިން ރަޖިސްޓްރީކުރުމުގެ މަސައްކަތް ގއ އަތޮޅުގެ ކައުންސިލްތަކާއި މަސްވެރިންނާއި ގުޅިގެން ބާރު ސްޕީޑެއްގައި ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް ގއ އަތޮޅުގެ 41 އިންސައްތަ މަސްދޯނިތަކުގެ މަސްވެރިން ރަޖިސްޓްރީ ކުރެވިފައިވާ ކަމަށް އެމިނިސްތްރީއިން ވަނީ ހާމަކޮށްފައެވެ.

ސަރުކާރުން އެކުލަވައިލަން ނިންމި މަސްވެރިންގެ ދަފުތަރުގެ މަސައްކަތް ނިންމުމަށް ސަރުކާރުން ފުރަތަަ އަމާޒު ހިފީ މި އަހަރުގެ ޖުލައި މަހަށެވެ. މި މަސައްކަތަށް މިނިސްޓްރީގެ ޓީމުތައް އަދިވެސް ދަނީ ގއ، ގދ. އައްޑޫ ސިޓީ، ފުވައްމުލައް، ލ، ށ، އދ އަދި ހދ. އަތޮޅުގައި ހަރަކާތްތެރިވަމުންނެވެ. އަދި އެ އަތޮޅުތަކުގެ މަސްވެރިންގެ ދަފްތަރު ކުރެވުމުން ޓީމުތައް ދެން ހަރަކާތްތެރި ވާނީ ހއ، ޅ، ތ، އަދި މާލެ ސަރަހައްދުގައި އެވެ.

View post on Twitter

ދަފުތަރެއް އެކުލަވާލުމުގެ މައިގަނޑު އެއްބޭނުމެއްގެ ގޮތުގައި މި ކަރުދާހުގައި ފާހަގަކުރައްވާފައިވަނީ މަސްވެރިކަމަކީ ޕްރޮފެޝަނަލް މަސައްކަތެއްގެ ގޮތުގައި ކަނޑައެޅި މަސްވެރިންނަކީވެސް އެހެނިހެން މަސައްކަތްތަކެކޭ އެއްފަދައިން ދަޢުލަތް ދަންނަ ޢާމްދަނީ ލިބޭ މަސައްކަތެއްކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމެވެ. ހަމަ އެހެންމެ، މިފަދަ ދަފްތަރެއް އޮތުމަކީ މަސްވެރިން ބޭންކިންގ ނިޒާމުގެ ތެރެއަށް ވެއްދުމަށާއި، ތަފާތު އެކިއެކި ބޭނުންތަކަށް މަސްވެރިންނަށް އަމާޒުކޮށް ލޯނު ދޫކުރުމަށާއި މަސްވެރިންނަށް ދަޢުލަތުން ފޯރުކޮށްދިނުމަށް ބޭނުންވާ އިޖްތިމާޢީ ރައްކާތެރިކަމާއި ސަބްސިޑީފަދަ ވަސީލަތްތައް ސީދާ މަސްވެރިންނަށް ފޯރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކޮންމެހެން މުހިންމު ކަމެއްކަމުގައި މިނިސްޓްރީއިން ދެކެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ