logoEN
cocacola
ތައިލެންޑުގެ ބޮޑުވަޒީރަކަށް 37 އަހަރުގެ ޕެޓޮންގްޓާން ޝިނަވަތުރާ!

ތައިލެންޑުގެ ބޮޑުވަޒީރަކަށް 37 އަހަރުގެ ޕެޓޮންގްޓާން ޝިނަވަތުރާ!

އަހުމަދު ޝުރާއު

logo

8/16/2024, 9:25:22 AM

# ތައިލެންޑު

--

ތައިލެންޑްގެ އައު ބޮޑުވަޒީރަކަށް އުމުރުން 37 އަހަރުގެ ޕެޓޮންގްޓާން ޝިނަވަތުރާ އައްޔަނުކުރުމަށް އެކަމަނާގެ ފިއޫ ތައި ޕާޓީގެ ވެރިކަން ކުރާ ކޯލިޝަނުން ނިންމައިފި އެވެ.

ގޮސިޔާ

ޕެޓޮންގްޓާން ބޮޑުވަޒީރަކަށް އައްޔަނުކުރުމަށް އެގައުމުގެ ގާނޫނޫ ހަދާ މަޖިލީހުން ނިންމާފައިވާއިރު އެކަމަނާއަކީ ތައިލެންޑުގެ ތާރީހުގައިވެސް އެންމެ ހަގު ބޮޑުވަޒީރެވެ.

އައު ބޮޑުވަޒީރަކު އައްޔަނުކޮށްފައިމިވަނީ މިދިޔަ ބުދަ ދުވަހު ދުސްތޫރީ ކޯޓުން ނެރުނު އަމުރަކުން އެގައުމުގެ ކުރީގެ ބޮޑުވަޒީރު ސްޓްރެއްޓާ ތަވިސިން މަގާމުން ވަކިކުރުމާއި ގުޅިގެންނެވެ. އޭނާ މަގާމުން ދުުރުކުރަން އަމުރު ނެރުނު ޖިނާއީ ކުށެއް ސާބިތުވި ބޭފުޅަކު ކެބިނެޓަށް އައްޔަނުކުރުމާއި ގުޅިގެންނެވެ.

އުންގް އިންގްގެ ނަމުން މަޝްހޫރުވި އުމުރުން 37 އަހަރުގެ ޕެޓޮންގްޓާން އަކީ އެގައުމުގެ ބިލިއަނަރު ޓައިކޫން ތަކްސިން ޝިނަވަތުރާގެ އެންމެ ހަގު ދަރިފުޅެވެ. ތަކްސިން ޝިނަވަތުރާވެސް ވަނީ މީގެ ކުރިން އެގައުމުގެ ބޮޑުވަޒީރުކަން ކުރައްވާފައި އެވެ.

އެގައުމުގެ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެހެން 10 ޕާޓީގެ ތެރެއިން އެއްވެސް ޕާޓީއަކުން ބޮޑުވަޒީރުކަމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅާފައި ނުވާތީ، ވެރިކަން ކުރާ ކޯލިޝަނުން ޕެޓޮންގްޓާން އަށް ބޮޑުވަޒީރުކަން ދޭން ނިންމާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގަ އެވެ.

ފިއު ތައި އާއި އެ ޕާޓީގެ ޕާޓްނަރުންނަށް ޕާލަމެންޓުގެ 314 ގޮނޑި ލިބިފައިވާއިރު، ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ޕެޓޮންގްޓާން އަށް މިހާރު ތިއްބެވި 493 މެމްބަރުންގެ ތެރެއިން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުންގެ ރުހުން ބޭނުންވި އެވެ.

މީގެ ތިން އަހަރު ކުރިން ސިޔާސީ މައިދާނަށް ނުކުތުމުގެ ކުރިން އާއިލާގެ ވިޔަފާރީގައި އުޅުއްވި ޕެޓޮންގްޓާން އަކީ މީގެ ކުރިން ދުވަހަކުވެސް އިންތިހާބީ މަގާމެއް ފުރުއްވާފައިވާ ބޭފުޅެއް ނޫނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ