logoEN
cocacola
ރާއްޖޭގައި މިޔަރު މަސްވެރިކަމުގެ މަންފާ ހޯދުމުގެ ފުރުސަތު!

ރާއްޖޭގައި މިޔަރު މަސްވެރިކަމުގެ މަންފާ ހޯދުމުގެ ފުރުސަތު!

# މަސްވެރިކަން

-

ރާއްޖޭގައި މިޔަރު މަސްވެރިކަމުގެ މަންފާ ހޯދުމުގެ ފުރުސަތު ލިބޭ ގޮތަށް ގަވާއިދެއް އެކުލަވާލައިފި އެވެ.

ގޮސިޔާ

ރާއްޖޭގައި ލޭނު މަސްވެރިކަމުގެ ހުއްދަ ދިނުމަށް ހާއްސަ ގަވާއިދެއް މިހާރު ވަނީ އެކުލަވާއިލާފައެވެ. މި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި ލޭނުގައި ޖެހޭ މިޔަރުތައް މަރުވެފައިވާނަމަ އެއްގަމަށް ގެނެސް އޮންނަ އުސޫލުގެ ތެރެއިން ލައިސަންސް ދޫކުރެވިފައިވާ ބަޔަކަށް ޕްރޮސެސްކޮށް އެކްސްޕޯޓް ކުރުމުގެ ހުއްދަ ލިބިގެން ދާނެ އެވެ.

މިގޮތަށް ހުއްދަ ދިން ނަމަވެސް މިއީ, ދިވެހިރާއްޖޭގައި މިޔަރު މަސްވެރިކަން ކުރުމަށްހުޅުވާލުން ނޫންކަމަށާއި އަދި ހުޅުވާލުމުގެ ވިސްނުމުގައި ގައި އަޅާ ފިޔަވަޅެއްވެސް ނޫންކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.

ލޭނު މަސްވެރިކަން ކުރުމަށް ލައިސަންސް ކުރެވޭ އުޅަނދުފަހަރުތަކުގައި މިޔަރަށް އަމާޒުކޮށްގެން މަސްވެރިކަން ކުރުމަކީ މިގަވާއިދުގެ ދަށުން މަނާކަމެއް ކަމަށް ބުނެފައިވެއެވެ. ގަވާއިދު ފަރުމާކުރުމުގައި ލޭނު މަސްވެރިކަމުގައި ހިފޭ މިޔަރު ފަދަ މަސްވެރިކަމުގައި ހިފޭ ބައިކެޗް މަދުކުރުމުގެ ގޮތުން ކޮންމެހެން އަޅަންޖެހޭ ފިޔަވަޅުތައް ހިމެނިފައިވާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.

ލޭނުކޮޅުގައި ޖެހޭ މިޔަރުގެ ތެރެއިން ލޭނު ނަގާއިރު މަރުނުވެ އޮންނަ މިޔަރު ވީހާވެސް އަވަހަށް ދޫކޮށްލަންވާނެކަމަށާއި، މިގޮތަށް މިޔަރު ދޫކޮށްލާއިރު މިޔަރަށް ލިބޭ އަނިޔާ ކުޑަކުރުމަށްޓަކައި ބުޅި ނައްޓާ އާލާތް (ޑީ-ހުކަރ) އަދި ލޭނުކޮޅު ބުރި ކުރާ އާލާތް (ލައިންކަޓަރ) ބޭނުންކޮށްގެން މިޔަރުގެ އަނގައާ ނުވަތަ ބުޅިއާ ވީހާވެސް ކައިރިން ނަނު ބުރިކޮށްލަން އިރުޝާދު ދީފައިވާނެ ކަމަށް އެގަވާއިދުގައި ބުނެފައިވެއެވެ.

ލޭނުކޮޅުގައި ޖެހޭ މިޔަރުގެ ތެރެއިން ލޭނު ނަގާއިރު މަރުވެފައިވާ މިޔަރު ބަނދަރަށް ގެންނައިރު ހުންނަންވާނީ މިޔަރުގެ އެއްވެސް އުރަހައެއް އޭގެ ހަށިގަނޑުން ވަކިނުކޮށް ކަމުގައިވެސް މިގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ލޭނުގައި ޖެހި މަރުވެފައިވާ މިޔަރު އެއްގަމަށް ގެނެސް، މިޔަރު ޕްރޮސެސްކުރުމަށް ޚާއްސަ ލައިސަންސެއް ދޫކުރުމަށް މި ގަވާއިދުގައި ކަނޑައަޅައިފައިވާއިރު, މި ލައިސަންސް ލިބިފައިވާ ފެސިލިޓީއަކަށް މިޔަރު ކިރާ، ޕްރޮސެސްކުރުމަށް މިގަވާއިދުގެ ދަށުން ހުއްދަ ލިބޭނެ އެވެ. މި ޕްރޮސެސިންސް ފެސިލިޓީތައް ހިންގުމުގައި، ފިޝަރީޒް މިނިސްޓްރީން ލައިސަންސްކުރާ އެހެން މަސް ޕްރޮސެސްކުރާ ފެސިލިޓީތަކެކޭ އެއްފަދައިން ކިރާ މިޔަރުގެމައުލޫމާތު އެ މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތީން ފޮނުވާ، މަސް ޕްރޮސެސްކުރުމުގެ ލައިސަންސްގެ ޝަރުތުތަކާ އެއްގޮތަށް އަމަލުކުރަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.

ފިޝަރީޒް މިނިސްޓްރީން ވަނީ "ލޭނު މަސްވެރިކަން ކުރުމުގެ ގަވައިދު" އަށް އާއްމުންގެ ހިޔާކު ހޯދުމުގެ ފުރުސަތު ހުޅުވާލާފައެވެ. މިގަވާއިދަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އޯގަސްޓް 18 ވަނަ ދުވަހުގެ މެންދުރު 12:00 އަށް ވަނީ ހުޅުވާލެވިފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ