logoEN
cocacola
ތައިލެންޑުގެ ބޮޑުވަޒީރު ސްރެތާ ތަވިސިން މަގާމުން ވަކިކުރަން ކޯޓުން އަމުރުކޮށްފި

ތައިލެންޑުގެ ބޮޑުވަޒީރު ސްރެތާ ތަވިސިން މަގާމުން ވަކިކުރަން ކޯޓުން އަމުރުކޮށްފި

އަހުމަދު ޝުރާއު

logo

8/14/2024, 12:19:35 PM

# ތައިލެންޑު

--

ޖިނާއީ ކުށެއް ސާބިތުވި ވަޒީރަކު ސަރުކާރަށް އައްޔަންކުރުމުން، ތައިލެންޑުގެ ބޮޑުވަޒީރު ސްރެތާ ތަވިސިން މަގާމުން ދުރުކުރުމަށް އެގައުމުގެ މައި ކޯޓުން އަމުރުކޮށްފި އެވެ.

ގޮސިޔާ

ބުދަ ދުވަހު އިއްވި ހުކުމް އިއްވަމުން އިސް ގާޒީ ޕުންޔާ އުދްޗަޗޮން ވިދާޅުވީ، 2008 ވަނަ އަހަރު ކޯޓުގެ ހުރުމަތް ކަނޑާލުމުގެ ކުރުމުގެ ކުށް ސާބިތުވެ ހަ މަސް ދުވަހަށް ޖަލަށްލާފައިވާ ކުރީގެ ގާނޫނީ ވަކީލު ޕިޗިޓް ޗުއެންބާން އައްޔަން ކުރުމުގެ ސަބަބުން ބޮޑުވަޒީރު ސްރެތާ މަގާމުން ދުރުކުރަން ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.

މި ގޮތަށް ހުކުމް ކޮށްފައި މިވަނީ، 40 ސެނެޓަރުން އިސްވެ ތިބެ އެމައްސަލާގެ ތަހުގީގު ނިމެންދެން ބޮޑުވަޒީރުކަމުގެ މަސްއޫލިއްޔަތުތަކުން ސްރެތާ ސަސްޕެންޑް ކުރުމަށް ހުށަހެޅި ހުށަހެޅުން އެ ފަނޑިޔާރުން ބޭރުކޮށްލާފައިވާ ދަނޑިވަޅެއްގައި އެވެ.

ސްރެތާ ހިމާޔާތްކުރުމުގެ ގޮތުން މައްސަލަބޮޑުވި ޕިޗިޓް ބޮޑުވަޒީރުގެ އޮފީހުގެ ވަޒީރެއްގެ މަގާމުން މިދިޔަ އަންގާރަ ދުވަހު ވަނީ އިސްތިއުފާވެސް ދެއްވާފައި އެވެ.

ރިއަލް އެސްޓޭޓް ޓައިކޫން ސްރެތާ އަކީ ފާއިތުވި 16 އަހަރުގެ ތެރޭގައި ތައިލެންޑުގެ އިސް ކޯޓުން ނެރުނު މިފަދަ ހުކުމްތަކުގެ ސަބަބުން ބޮޑުވަޒިރުކަމުގެ މަގާމުން ވަކިކުރި ހަތަރު ވަނަ ބޮޑުވަޒީރެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ